ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޖެއިލަރ 2 ” ގެ ކެރެކްޓާ ޕްރޮމޯއެއް ދައްކާލައިފި
ގޫގަލް

ސުޕަރސްޓާ ރަޖްނީކާންތު ލީޑް ރޯލުން ފެނިގެންދާ، ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމު “ޖެއިލަރ 2” ގެ ފުރަތަމަ ކެރެކްޓަރ ޕްރޮމޯ ރަސްމީކޮށް އާންމުކޮށްފިއެވެ. މި ޕްރޮމޯއިން ތައާރަފްކޮށްދީފައިވަނީ “ދިލީޕް” ގެ ކެރެކްޓާއިން ފެނިގެންދާ ހުނަރުވެރި އެކްޓަރު ސޫރަޖް ވެންޖަރާމޫދޫއެވެ.

މި ސިނަމާސްކޯޕް ފިލްމު ތިއޭޓަރުތަކަށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޯބަރު 2026 ގައެވެ.

އާންމުކުރި 35 ސިކުންތުގެ މި ކުރު ޕްރޮމޯއިން ސޫރަޖް ފެނިގެންދަނީ ވަރަށް ބިރުވެރި އަދި ނުރައްކާތެރި ސިފައެއްގައެވެ. މިއުޒިކް ކޮމްޕޯޒަރ އަނިރުދް ރަވީޗަންދަރުގެ ސަސްޕެންސް ކޮންފިޑެންޓް ބެކްގްރައުންޑް މިއުޒިކާއެކު ގެނެސްދީފައިވާ މި ޕްރޮމޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

މީގެ ކުރިން ނެރުނު ޓީޒާގައި، ފުރަތަމަ ބައިގެ ނިމުމުގައި ވިނާޔަކަން ބުނާ ޑައިލޮގަކުން ފެށިގެން، މިއީ މާބޮޑު ނެޓްވޯކެއްގެ ތެރެއިން ހިނގާ ކަންތައްތަކެއްކަން ވަނީ ހާމަކޮށްފައެވެ. މި ދެވަނަ ބައިގައި މުތުވެލް (ރަޖްނީކާންތު) އަށް ކުރިމަތިލާންޖެހޭނީ މިއަށްވުރެ މާ ވަރުގަދަ ގޮންޖެހުންތަކަކާއެވެ.

މި ފިލްމުން ސޫރަޖްގެ އިތުރުން ވިދްޔާ ބާލަން އަދި އެސް.ޖޭ ސޫރިޔާ ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. އަދި ފުރަތަމަ ބައިން ފެނުނު ރާމިއާ ކްރިޝްނަން، މިރްނާ، އަދި ޔޯގީ ބާބޫ ވެސް މި ބައިގައި ހަރަކާތްތެރިވާނެއެވެ. މީގެ އިތުރުން ރިތިކް ރޯޝަން، މޯހަންލާލް، ޝިވާ ރާޖްކުމާރު، އަދި ވިޖޭ ސެތުޕަތީ ޚާއްސަ ފެނިލުންތަކަކުން ފެންނާނެ ކަމަށް ވެއެވެ.

ރަޖްނީކާންތު ދެން އެންމެ އަވަހަށް ފެންނާނީ އަޝްވަތު މަރިމުތު ޑައިރެކްޓްކުރާ އެކްޝަން ފިލްމު “ދަރްމަން” އިންނެވެ. ކުރިން “ތަލައިވާ 173” ގެ ނަމުން މަޝްހޫރުވި މި ފިލްމުގައި ރަޖްނީކާންތު ފެންނާނީ ސްޓައިލިޝް ޑޮކްޓަރެއްގެ ރޯލުންނެވެ. މި ފިލްމުގައި ސިމްރަން ބައްގާ، ޔޯގީ ބާބޫ އަދި ރާޝީ ކަންނާ ވެސް ހިމެނެއެވެ.

މިވެސް ކިޔާލަން:  "ވިތު ލަވް” އަށް ބޮކްސް އޮފީހުން 33 ކްރޯޑް ރުޕީސްއާއެކު ސިނަމާތަކުން ފިލްމު ނަގައިފި

“ދަރްމަން” ގެ މިއުޒިކް ތައްޔާރުކުރަނީ އަނިރުދް އެވެ. ސިނަމަޓޮގްރަފީ ނިކެތު ބޮމީރެޑީ ހަދާއިރު، އެޑިޓްކުރަނީ ޕްރަދީޕް އެވެ. އަދި އެކްޝަން ކޮރިއޮގްރަފީ ހަދަނީ އަންބަރީވް އެވެ. ރިޕޯޓްތައް ބުނާގޮތުން މި ފިލްމުގެ ވިލަންގެ ރޯލުން ރާމް ޕޯތިނޭނީ ފެނިދާނެއެވެ. ނަމަވެސް މިއީ އަދި ރަސްމީކޮށް ކަށަވަރުވެފައިވާ ކަމެއް ނޫނެވެ.

މީގެ އިތުރުން، ކަމަލް ހާސަންއާއެކު ރަޖްނީކާންތު ފެނިގެންދާ “KHxRK” ގެ މަސައްކަތް ވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top