ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުޑަކުޑަ މަސައްކަތަކުންވެސް ކާމިޔާބީގެ ދޮރުތައް ހުޅުވިދާނެ: އަމީތާބް ބައްޗަން
ގޫގަލް

ބޮލީވުޑްގެ މަޝްހޫރު މެގަސްޓާރު އަމީތާބް ބައްޗަން، ދިރިއުޅުމުގެ ކަންކަމުގައި ހިތްވަރު އެލުވާނުލައި ސާބިތުވެ ތިބުމާ ގުޅޭގޮތުން އަގުހުރި މެސެޖެއް ހިއްސާކޮށްފިއެވެ. އޭނާ ވަނީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި އެ ކަންކަމުން އަރައިގަތުމަށް ކުރާ ކުދިކުދި މަސައްކަތްތައް، އޮޓޮމެޓިކް ލިފްޓެއްގެ ދޮރާ އަޅާކިޔައި މިސާލު ޖަހާފައެވެ.

އަމީތާބް އޭނާގެ ބްލޮގްގައި ލިޔެފައިވާ ގޮތުގައި، ދިރިއުޅުމުގައި ބައެއް ކަންކަމަކީ އެއްވެސް އެއްޗެކޭ ނުބުނެ، ނުވަތަ އަނގައިން ބުނެލުމުން ވާ ކަންކަމެވެ. އަދި އަނެއްބައި ކަންކަމަކީ ކޮންމެވެސް ވަރެއްގެ ބުރަ މަސައްކަތެއް ކޮށްގެން، ކޮއްޕައި ތަޅައިގެން ނަމަވެސް ވާ ކަންކަމެވެ. އެހެންނަމަވެސް، އެ ކަންކަން ކޮންމެވެސް ގޮތަކުން ވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

މިކަމަށް އިތުރަށް ބާރުދެމުން އަމީތާބް ލިފްޓެއްގެ މިސާލު ދައްކަމުން ބުނީ، އޮޓޮމެޓިކް ލިފްޓެއްގެ ދޮރު ވަކި ވަގުތެއް ފަހުން އަމިއްލައަށް ލެއްޕެން ފަށާ ކަމަށެވެ. އަދި ލިފްޓަށް އެރުމަށް ލަސްވެއްޖެނަމަ ދޮރު ލެއްޕެމުން ދިޔަ ނަމަވެސް، އެ ދޮރުގެ ދޭތެރެއަށް ކުޑަކުޑަ އިނގިއްޔެއް ލައިފިނަމަވެސް، ދޮރު ލެއްޕުމުގެ ބަދަލުގައި އަލުން ހުޅުވި، އޭގެ އަސްލު މަގާމަށް އެނބުރި ދާނެ ކަމަށެވެ.

ހަމައެފަދައިން ދިރިއުޅުމުގައިވެސް ކުޑަކުޑަ މަސައްކަތަކުން ކާމިޔާބީގެ ބޮޑެތި ދޮރުތައް ހުޅުވިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

“ދިރިއުޅުމުގައިވެސް ކުޑަކުޑަ މަސައްކަތަކުން ދޮރުތައް ހުޅުވިގެންދޭ. އެއީ ކުޑަކުޑަ އިނގިއްޔެއްގެ މިންވަރުގެ މަސައްކަތެއް ކަމުގައި ވިޔަސްމެ. އެއްވެސް މަސައްކަތެއް ނުކޮށް ކަމެއް ހާސިލުވާނެ ކަމަށް އުއްމީދު ކުރުމަކީ މުސްތަހީލު ކަމެއް. މަސައްކަތްކުރުން މަތީ ދެމިތިބޭ، ހުއްޓާނުލައި ކުރިއަށް ދޭ. ކޮންމެވެސް ދުވަހަކުން އެ ދޮރު ފޫހިވެގެންވެސް ހުޅުވޭނެ.” އަމީތާބްގެ މެސެޖުގައި ވެއެވެ.

އަމީތާބް ބައްޗަންގެ މި ވާހަކަތަކުން އޭނާ ދޭން ބޭނުންވި މައިގަނޑު މެސެޖަކީ، ކޮންމެ މީހަކުވެސް އުންމީދު ކަނޑާނުލައި، ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް މަސައްކަތް ކުރަމުން ގެންދިއުމަކީ އެންމެ ފަހުން ކާމިޔާބީއާ ހަމައަށް ވާސިލުކޮށްދޭނެ ކަމެއް ކަމެވެ.

މިވެސް ކިޔާލަން:  ނީނާ "ދި އިންޓާން" ގެ ރޯލަކަށް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top