ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނަހުލާގެ “މަޖުނޫން” ގެ ޓިކެޓް ބުކިން މިމަހު 23 ގައި ފަށަނީ

ދިވެހި ފިލްމު ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު “މަޖުނޫން“ގެ ޓިކެޓް ބުކިން މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް އޭނާ މިއަދު ހާމަކޮށްފިއެވެ.

ދިވެހި ސިނަމާގެ ގިނަ ބަޔަކު އެންމެ ބޮޑު އިންތިޒާރެއް ކުރަމުން އަންނަ މި ފިލްމާ ގުޅޭގޮތުން ‘މުނިއަވަސް’ އަށް މައުލޫމާތު ދެމުން ނަހުލާ (ނަހޫ) ބުނީ، މި މަހުގެ 23 ވާ ބުދަދުވަހުން ފެށިގެން ފިލްމުގެ ޓިކެޓަށް ނަން ނޯޓުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

ފިލްމު ބަލައިލަން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ބުކް ކުރުމާއި ނަން ނޯޓުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ފިލްމުގެ ހާއްސަ ހޮޓްލައިން މެދުވެރިކޮށެވެ. އެގޮތުން 7844422 ނަންބަރަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން ޓިކެޓް ބުކް ކުރެވޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދެއެވެ.

ނަހުލާގެ ވާހަކައަކަށް ތައްޔާރުކޮށްފައިވާ ފިލްމު “މަޖުނޫން“ އަކީ ގިނަ ތަރިންތަކެއް ފެނިގެންދާނެ، އަސަރުގަދަ ލޯބީގެ ރީތި ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ. އަދި މި ފިލްމަކީ މި އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ.

ފިލްމު “މަޖުނޫން“ ޑައިރެކްޓްކޮށްފައިވަނީ ހުނަރުވެރި އެކްޓަރު އަދި ޑައިރެކްޓަރު މުޙައްމަދު ފައިސަލް އެވެ.

ކްރިސްޓަލް އެންޓަޓެއިންމެންޓުން ގެނެސްދޭ ފިލްމު “މަޖުނޫން“ ރިލީޒްކުރަން ހަމަޖެހިފައިވަނީ 26 އޮކްޓޯބަރު 2026 ގައެވެ.

ފިލްމުގެ އެންމެ މައިގަނޑު ރޯލު، މަޖުނޫނެއްގެ ކެރެކްޓަރު އަދާކުރަނީ ދިވެހި ފިލްމީ ދާއިރާގައި މިވަގުތު ތިބި ޒުވާން، ހުނަރުވެރި އެކްޓަރުންގެ ތެރެއިން އެންމެ ހުނަރުވެރި އެއް އެކްޓަރު އަޙްމަދު ޝާރިފް އެވެ. ފިލްމުގެ އަންހެން ލީޑް އަދާކުރަނީ ފިސާރި ހަޤީޤަތާ އެއްގޮތަށް މޮޅު އެކްޓިންއެއް ދައްކަމުން އަންނަ މަޝްހޫރު ބަޠަލާ މަރިޔަމް ޝިފާ އެވެ. ޝިފާގެ އިތުރުން ހަމަ އެހާމެ ހުނަރުވެރި ވާޝިޔާ މުޙައްމަދު (ޝިޔާ)، އަޙްމަދު އީސަ (އާނަންދު)، ޢަލީ އާޒިމް (ދޮން އައްޔަ) އަދި ސާމީ ވެސް މި ފިލްމުގައި ހަރަކާތްތެރިވެއެވެ.

މިވެސް ކިޔާލަން:  ނަހޫގެ "ހިތް އަވަސްވާ ގޮތް" ލަވައަށް ޑީޖޭ ކައްޗޭ އިތުރު ދިރުމެއް ގެނެސްދީފި

ފިލްމު “މަޖުނޫން“ގައި ވަރަަށް މުހިންމު ރޯލަކުން، ނަހުލާގެ ދެ ދަރިން ކަމަށްވާ ލާލީ އަދި އެވްލީ ވެސް ހަރަކާތްތެރިވެއެވެ. މި ފިލްމުގައި ޝިފާ ކުޅެނީ ލާލި އަދި އެވްލީގެ މަންމަގެ ރޯލެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top