ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަޔުޝްމާންގެ އާ ފިލްމު “ޔޭ ޕްރޭމް މޯލް ލިޔާ” ގެ ޓައިޓަލް ލަވަ ވަރަށް ސަޅި
މުނިއަވަސް ގްރެފިކްސް

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަޔުޝްމާން ކުރާނާ އަދި ޝަރުވަރީ ލީޑް ރޯލުން ފެނިގެންދާ އާ ފިލްމު “ޔޭ ޕްރޭމް މޯލް ލިޔާ” ގެ ޓައިޓަލް ލަވަ ރަސްމީކޮށް ނެރެފިއެވެ.

ހިމޭޝް ރޭޝަމިޔާ މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝްރެޔާ ގޯޝާލް އަދި ނިހާލް ތައުރޯއެވެ. ލަވައިގެ ޅެން ހަދާފައިވަނީ ކުމާރު އެވެ. ޑައިރެކްޓަރު ސޫރަޖް ބަރްޖާތިޔާގެ ޚާއްސަ ސްޓައިލް ދައްކުވައިދޭ މި ލަވައިން، އާއިލީ ގުޅުންތަކާއި، ލޯތްބާއި، ޖަޒުބާތީ އެތައް ކަމެއް ފެނިގެންދެއެވެ.

މި ލަވަ ޚާއްސަކޮށްފައިވަނީ އަޔުޝްމާން އަދި ޝަރުވަރީގެ ކެރެކްޓަރުގެ ކައިވެނީގެ ހަފުލާއަށެވެ. އެގޮތުން އާއިލީ އެއްވުންތަކާއި، ސަޤާފީ އެކި ހަރަކާތްތައް މި ލަވައިން ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ. މި ލަވަ ނެރުމާއެކު މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމިޔާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި މި ލަވަ ހިއްސާކޮށްފައެވެ.

މިއީ ނޭޝަނަލް އެވޯޑް ހާސިލްކުރި ފިލްމު “އޫންޗާއީ” އަށްފަހު، ސޫރަޖް ބަރްޖާތިޔާ ޑައިރެކްޝަނަށް އެނބުރި އައި ފުރަތަމަ ފަހަރެވެ. އާއިލީ ވާހަކަތައް ގެނެސްދިނުމުގައި މަޝްހޫރުކަން ހޯދާފައިވާ ސޫރަޖްގެ ފިލްމުތަކުގެ އެންމެ ޚާއްސަ އެއް ސިފައަކީ “ޕްރޭމް” ގެ ނަމުން ނަންދެވިފައިވާ ކެރެކްޓަރެވެ. ފިލްމު އުފައްދާ ފަރާތްތަކުން ބުނާ ގޮތުގައި، “ޔޭ ޕްރޭމް މޯލް ލިޔާ” އާއެކު ރާޖްޝްރީގެ އެންމެ މަޤުބޫލު ކެރެކްޓަރު “ޕްރޭމް” ބޮޑު ސްކްރީނަށް މި އެނބުރި އައީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ.

މި ފިލްމުގައި “ޕްރޭމް” ގެ ރޯލުން އަޔުޝްމާން ކުރާނާ ފުރަތަމަ ފަހަރަށް ފެނިގެންދާއިރު، އޭނާ މި ކެރެކްޓާ ގެނެސްދޭނީ ތަފާތު އަމިއްލަ ގޮތަކަށެވެ. އަދި މިއީ ބަތަލާ ޝަރުވަރީއާއެކު އަޔުޝްމާން ސްކްރީނުން ފެންނަ ފުރަތަމަ ފަހަރުވެސް މެއެވެ.

މިވެސް ކިޔާލަން:  އަޔުޝްމާން ކުރާނާގެ އާ ފިލްމުގެ ޝޫޓިން ފަށައިފި

“ޕްރޭމް ރަތަން ދަން ޕާޔޯ” އަށްފަހު މިއީ ޑައިރެކްޓަރު ސޫރަޖް ބަރްޖާތިޔާ އަދި ހިމޭޝް ރޭޝަމިޔާ އެކުގައި މަސައްކަތްކުރާ ދެވަނަ ފަހަރެވެ. ސޫރަޖްގެ ފިލްމުތަކުގައި މިއުޒިކަކީ އަބަދުވެސް ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށްވާއިރު، މި ފިލްމުގެ ލަވަތަކަކީވެސް ބެލުންތެރިންގެ ހިތްތަކުން ޖާގަ ހޯދާނެ ފުރިހަމަ ލަވަތަކަކަށް ވާނެކަމަށް ފިލްމު އުފެއްދި ޓީމުން އުއްމީދު ކުރެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top