ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަކްޝޭ ކަންނާ ފިލްމު “ދުރަންދަރު” ގެ ރޯލަށް ފުރަތަމަ ބުނީ ނޫނެކޭ
ގޫގަލް

ޑައިރެކްޓަރު އަދިތުޔާ ދާރްގެ ކާމިޔާބު ފިލްމު “ދުރަންދަރު” ގައި “ރެހްމާން ޑަކައިތު” ގެ ރޯލުން ފެނިގެންދާ އެކްޓަރު އަކްޝޭ ކަންނާގެ އެކްޓިންގއަށް ގިނަ ބައެއްގެ ތަޢުރީފު ލިބިފައިވާއިރު، އޭނާ އެ ރޯލު ފުރަތަމަ ޤަބޫލުކުރަން ފަސްޖެހުނު ކަމަށް އެ ފިލްމުގެ ކާސްޓިންގ ޑިރެކްޓަރު މުކޭޝް ޗާބްރާ ހާމަކޮށްފިއެވެ.

ޝޭކަރް ސުމަންގެ ޝޯވ “ޝޭކަރް ޓުނައިޓް” ގައި ވާހަކަދައްކަމުން މުކޭޝް ޗާބްރާ ބުނީ، އެ ރޯލަކީ ފުރަތަމަ އަކްޝޭއަށް ހުށަހެޅި ރޯލެއް ނޫން ކަމަށެވެ. އަދި އަކްޝޭގެ ކުރިން ބޮލީވުޑްގެ ވަރަށް މަޝްހޫރު 2-3 ތަރިއަކު އެ ރޯލު ކުޅެން ދެކޮޅު ހެދި ކަމަށް މުކޭޝް ފާހަގަކުރިއެވެ.

މުކޭޝް ކިޔައިދިން ގޮތުގައި އަކްޝޭ ކައިރީ މި ފިލްމުގެ ވާހަކަ ދެއްކުމުން، ވިލަންގެ ބައި ކުޅެން އޭނާ ފުރަތަމަ ދެކޮޅު ހެދިއެވެ.

“އަހަރެން އަކްޝޭ ބާއީ ކައިރީ ވާހަކަ ދެއްކުމުން އޭނާ ބުނީ ކަލޭ މޮޔަވީހޭ؟ އަހަރެން ވިލަންގެ ބައި ކުޅެންވީ ކީއްވެގެންހޭ؟” މުކޭޝް ބުންޏެވެ. ނަމަވެސް، ފިލްމުގެ ވާހަކަ ކިޔައިދޭން ފެށިތާ ފަސް މިނެޓު ތެރޭގައި ސްކްރިޕްޓް ވަރަށް ފުރިހަމަ ކަމަށް ބުނެ، ހަމަ އެ ދުވަހު އަކްޝޭ އެ ރޯލަށް އެއްބަސްވި ކަމަށާއި އޭނާ މި ރޯލު ވަރަށް މޮޅަށް އަދާކުރާނެކަން އޭރުވެސް އެނގޭ ކަމަށް މުކޭޝް ބުންޏެވެ.

އަދިތުޔާ ދާރް ލިޔެފައިވާ މޮޅު ސްކްރިޕްޓަށް ތަޢުރީފު ކުރަމުން މުކޭޝް ބުނީ، ވާހަކަ އަޑުއެހުމަށްފަހު އޭނާ އަޖައިބުވެގެން ބައިގަޑިއިރު ވަންދެން އެއްވެސް އެއްޗެއް ނުބުނެ ހުރެވުނު ކަމަށެވެ. އަދި އަދިތުޔާ ލިޔެފައިވާ ކެރެކްޓަރަށް އަކްޝޭ އަމިއްލަ ހުނަރު އިތުރުކޮށް، ވަރަށް ފުރިހަމަކޮށްދީފައިވާ ކަމަށާއި މިއީ އަކްޝޭއަށް ރަނގަޅު ވަގުތުގައި ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

މިވެސް ކިޔާލަން:  އަނުޝްކާ އެނބުރި އަންނަ ފިލްމުގެ ޝޫޓިންގ ފަށައިފި

މި ފިލްމުގެ މައި ތަރި ރަންވީރު ސިންގްއަށްވުރެ ބޮޑަށް އަކްޝޭގެ ކެރެކްޓަރަށް އިސްކަން ދެވިފައިވާ ކަމަށް ބެލެވޭތީ ކުރެވުނު ސުވާލަށް ޖަވާބު ދެމުން މުކޭޝް ވަނީ ރަންވީރުގެ ހިތްތިރިކަމަށް ތަޢުރީފުކޮށްފައެވެ.

“މިއަދުގެ ޒުވާން އެކްޓަރަކު ކައިރީ ފަހަތުގައި ހަމައެކަނި ހިނގާލާފައި ހުންނާށޭ ބުނެފިނަމަ އެކަން ކުރަން އެއްބަސް ނުވެދާނެ. އެކަމަކު ފިލްމުގެ ދެވަނަ ބައިގައި ވާނެ ގޮތް ރަންވީރަށް އެނގޭ. އޭނާ މުޅި ވާހަކައަށް އިޙުތިރާމްކޮށް އެކަން ޤަބޫލުކުރި. އޭގެ ނަތީޖާ މިއަދު ފެންނަން އެހެރީ.” މުކޭޝް ބުންޏެވެ.

މީގެ ކުރިން “ޕީކޭ”، “ސަންޖޫ”، “ދަންގަލް” އަދި “ގޭންގްސް އޮފް ވަސޭޕޫރް” ފަދަ ކާމިޔާބު އެތައް ފިލްމެއްގެ ކާސްޓިންގ ހެދި ނަމަވެސް، “ދުރަންދަރު” އަށްފަހު ލިބުނު ފަދަ ލޯތްބާއި ތަރުހީބެއް އަދި އިޙުތިރާމެއް މީގެ ކުރިން ލިބިފައި ނުވާ ކަމަށް މުކޭޝް ބުންޏެވެ. އަދި ސޯޝަލް މީޑިއާގެ ސަބަބުން މިހާރު މީހުންނަށް އޭނާގެ މޫނު ވަކިކުރަން އެނގޭ ކަމަށާއި އޭނާގެ މަސައްކަތް މީހުން ބަލައިގެންފައިވާ މިންވަރު މި ފިލްމުން ސާބިތުވެގެން ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top