ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު”ގައި އިތުރު މީޑިއާތަކެއް ބައިވެރިވެއްޖެ
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

ދިވެހި މުޖުތަމަޢުގައި އޮތް އަނެކުންނަށް އިޙްތިރާމްކުރުމުގެ ރިވެތި އާދަ އަލުން އާލާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް ހިންގާ “އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު” ގެ ތެރެއަށް އިތުރު މީޑިއާތަކެއް ގުޅި، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އެ ފަރާތްތަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

އެ ވުޒާރާގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މިމަހު 20 ވަނަ ދުވަހު ސޮއިކުރެވުނީ 5 މީޑިއާއަކާއެކުގައެވެ. އޭގެ ތެރޭގައި ހިމެނެނީ ދުވެލި އޮންލައިން، އެކި އެމްވީ، ވަން އޮންލައިން، ވާދޫ އޮންލައިން އަދި އޮއިވަރު މީޑިއާއެވެ. މި މަޝްރޫޢުގައި ބައިވެރިވުމަށް ވޭތުވެދިޔަ ހަފުތާގައިވެސް އެ ވުޒާރާއިން ވަނީ 16 މީޑިއާއަކާއެކު އެއްބަސްވުން އެކުލަވާލާފައެވެ.

މީގެއިތުރުން، މި ޤައުމީ މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ގުޅުމުގެ ފުރުޞަތު އެހެން މީޑިއާތަކަށް އަދިވެސް ހުޅުވިފައިވާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ހަމައެހެންމެ، މި މަޝްރޫޢަށް ޚާއްޞަ ލޯގޯއެއް ފަރުމާކުރުމުގެ ފުރުޞަތުވެސް މިހާރު ވަނީ ޢާންމުކޮށް ހުޅުވާލާފައެވެ. ފަރުމާކުރާ ލޯގޯތައް ސެޕްޓެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން އެ ވުޒާރާއަށް ހުށަހަޅަންޖެހެއެވެ. ހުށަހެޅޭ ލޯގޯތައް އިންސާފުކުރުމަށް ކަނޑައެޅޭ ފަނޑިޔާރުންގެ ޕެނަލުން އެންމެ މޮޅު ލޯގޯއަކަށް ހޮވޭ ފަރާތަކަށް 60،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ލޯގޯ ފަރުމާކުރުމާ ބެހޭ އުޞޫލުތައް އެ ވުޒާރާގެ ރަސްމީ ވެބްސައިޓް (https://mach.gov.mv/dv/downloads/logorcusool) މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ.

“އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ” މި ޝިޢާރުގެ ދަށުން ހިންގާ މި މަޝްރޫޢަކީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން 5 އަހަރުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ރޭވިފައިވާ ޤައުމީ ފެންވަރުގެ މަސައްކަތެކެވެ.

މިވެސް ކިޔާލަން:  "ތަރިކަވެރިންގެ އަޑު" ގެ ނަމުގައި ދާއިރާގެ ފަންނުވެރީންނާ އެކު ވަޒީރު ހީނާ ޚިޔާލުބަދަލު ކުރައްވައިފި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top