ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލ. ޗެމްޕިއަންކަން އިސްދޫ ހޯދައިފި
ލ. އިސްދޫ ފުޓްސަލް ޓީމު - އެފްބީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ، އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ލ. އަތޮޅުގެ ޗެމްޕިއަންކަން ވަރުގަދަ ގަން ބަލިކޮށް އިސްދޫ ހޯދައިފި އެވެ. އަތޮޅު މުބާރާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ ފަހު އަތޮޅު މުބާރާތުގެ ފައިނަލް މެޗު ރޭ ގަމުގައި ކުޅެފައިވާއިރު، މި މެޗުގައި ބައްދަލުކޮށްފައި ވަނީ އިސްދޫ އާއި ގަމެވެ.

ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ނިމިފައިވަނީ 2-2 އިން އެއްވަރުވެގެން ނެވެ. ދެ ލަނޑުގެ ލީޑެއްގައި ގަމުން ނިންމާލަން މަސައްކަތްކުރި މި މެޗުގައި އިސްދޫން ފުރަތަމަ ލަނޑު ޖެހީ މެޗުގެ ފަހުކޮޅު އެވެ. އަދި މެޗު އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގައި ޖެހި ލަނޑުން ނެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި ފައިނަލް މެޗަކީ ވާދަވެރިކަން ބޮޑު ފޯރިގަދަ މެޗެކެވެ. ފުޓްސަލްގެ ރަސްކަލުންގެ ތެރޭގައި ހިމެނޭ ހުސައިން ޝަރީފް (އޮންލީ) އާއި އަޙްމަދު ހަލީމް (އައްމަޑޭ) ފަދަ ތަރިން ހިމެނޭ ގަމުން މެޗު ލީޑުކުރި ނަމަވެސް ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ގަމުން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް އިސްދޫ ކީޕަރު މި ހާފުގައި ދިފާއުކުރިއިރު، އިސްދޫގެ ހަމަލާތައް ހުއްޓުވުމުގައި ގަމު ޑިފެންޑަރުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

ދެވަނަ ހާފުގައި ދެ ޓީމުން ވެސް ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އަތޮޅުގެ ޗެމްޕިއަންކަން ހޯދުމަށް ދެ ޓީމުން ކުރަމުން އައި މަސައްކަތަށް މި ހާފުގެ ކުރީކޮޅު އިސްދޫން އުންމީދު ގެނަ އެވެ. ހާފުގެ ފުރަތަމަ މިނިޓްގައި އަޙްމަދު އަފްސަމް ވަނީ އިސްދޫއަށް ލީޑު ނަގައިދީފަ އެވެ.

މިވެސް ކިޔާލަން:  ހޯކްސް އާއި ވެލިގާ ސެމީ ފައިނަލަށް ދަތުރުކޮށްފި

ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ގަމުން، އުފެއްދި ގިނަ ހަމަލާތަކެއް ބޭނުން ނުކުރެވި ދިޔަ ފަހުން އެ ޓީމުން ވަނީ 26 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު ގަމަށް ޖަހައިދިނީ ކެޕްޓަން އަޙްމަދު ހަލީމް (އައްމަޑޭ) އެވެ. އިސްދޫ ޓީމުގެ ހާފުގެ މެދުތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ކުރިޔަށްޖެހި ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ހުސައިން ޝަރީފް (އޮންލީ) ޖައްސާލި ބޯޅަ އައްމަޑޭ ގޯލުގެ ތެރެއަށް ފޮނުވާލީ ގޯލު ދަނޑި ކައިރީ ހުސްކޮށް ހުރެ އެވެ.

1-1 އިން އެއްވަރުވެގެން ނިމިދާނެކަމަށް ހީވި މި މެޗުގައި، ދެވަނަ ފަހަރަށް ލީޑު ނަގައި އިސްދޫން ލ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ މެޗުގެ އިތުރު ވަގުތުގައި ލޫތު އަޙްމަދު ފަތުހީ ކާމިޔާބުކޮށްދިން ލަނޑުން ނެވެ. ލޫތު މި ލަނޑު ޖަހާފައިވަނީ އިސްދޫ ހާފުގެ ތެރެއިން އިސްދޫ ކުޅުންތެރިއަކު މަތިމަތިން ފޮނުވާލި ފްރީކިކް ގަމު އޭރިޔާ ކައިރީ ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

2-1 އިން މެޗު ކާމިޔާބުކޮށް ލ. އަތޮޅުގެ ޗެމްޕިއަންކަން އިސްދޫ ހޯދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އިސްދޫ ޓީމުގެ ލޫތު އަޙްމަދު ފަތުހީ އެވެ.

މުބާރާތުގެ އެހެނިހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލާލާއިރު، މުބާރާތުގެ ފެއާރޕްލޭ ޓީމަކީ ފޮނަދޫ އެވެ. މުބާރާތުގެ ފެއާރޕްލޭ ކުޅުންތެރިއަކީ ގަމު ޓީމުގެ ހުސައިން ސައިލް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ އިސްދޫ ޓީމުގެ ކޯޗު އިބްރާހިމް ނަބީލް އެވެ. މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އިސްދޫ ޓީމުގެ ލޫތު އަޙްމަދު ފަތުހީ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އިސްދޫ ޓީމުގެ ޢަލީ މީސަގް އީސާ، އިސްދޫ ޓީމުގެ ޢަލީ ހުމޭޒް، ގަމު ޓީމުގެ ހުސައިން ނާޝިދު، އިސްދޫ ޓީމުގެ ވިސާމް ޢަބްދުﷲ އަދި ގަމު ޓީމުގެ ޒައިދާން ޢަބްދުﷲ އެވެ.

މިވެސް ކިޔާލަން:  އެމްޓީސީސީ އާއި އުތީމު އަދި ސްޓެލްކޯ އާއި އެއިޓީ ފޯ ކުއާޓާރ ފައިނަލަށް
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top