ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޤަޔާމަތު ސޭ ޤަޔާމަތު ތަކް” ގެ އަންހެން ލީޑް ފުރަތަމަ ދޭން އޮތީ ކާކަށްކަން އެނގޭތަ؟

ބޮލީވުޑްގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ “ޤަޔާމަތު ސޭ ޤަޔާމަތު ތަކް” (ޤިޔާމަތުން ޤިޔާމަތަށް) ގެ ބަތަލާގެ ރޯލަށް އެންމެ ފުރަތަމަ ވިސްނި ފަރާތްތަކުގެ ތެރޭގައި ޖޫހީ ޗައުލާގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ އަލީޝާ ޗިނާއީ ވެސް ހިމެނޭކަން ހާމަވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ކޯމަލް ނަހަޓާގެ ޕޮޑްކާސްޓް “ގޭމް ޗޭންޖާސް: ދަ މިއުޒިކް ސީރީޒް” ގައި ވާހަކަދައްކަމުން ޚުދު އަލީޝާއެވެ.

އާމިރު ޚާނާއެކު އެ ފިލްމުގެ ލީޑް ރޯލު ކުޅުމަށް ޖޫހީއާއެކު އެންމެ ފަހު ދެ މީހުންގެ ތެރޭގައި ހޮވުނީ އަލީޝާއެވެ. ލަވަކިޔުމުގެ އިތުރުން އެކްޓިންގެ ދާއިރާއަށް ޝައުޤުވެރިކަން ހުރި އަލީޝާ ވަނީ އެ އޮޑިޝަންގައި ޑައިލޮގްތައް ވެސް ފަރިތަކޮށްފައެވެ. ނަމަވެސް، ފަހު އޮޑިޝަނަށް ދާން އޮތް ދުވަހު އޭނާ ނުދާން ނިންމީއެވެ.

އަލީޝާ ބުނި ގޮތުގައި ބޮލީވުޑްގެ އެކްޓިން އޭނާއަށް ސިފަކުރެވުނީ މާ ބޮޑަށް ހަދައިގެން (އާޓިފިޝަލްކޮށް) އުޅޭ ކަމެއްގެ ގޮތުގައެވެ. އަދި ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރަން އޭނާއަށް އުނދަގޫވާނެ ކަމަށް އަމިއްލައަށް ޤަބޫލުކުރެވުނެވެ. އެހެންކަމުން “އަހަންނަކީ މޮޅު ލަވަކިޔުންތެރިއެއް، އެހެންވީމާ އެކްޓިން ދޫކޮށްލަންވީ” ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދީ އޭނާ އެ ފުރުޞަތު ދޫކޮށްލީއެވެ.

ފަހު އޮޑިޝަނަށް އަލީޝާ ނުދިއުމުން އެ ވަގުތު އާމިރު ޚާން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނު ކަމަށް އަލީޝާ ބުންޏެވެ. ނަމަވެސް، އެކްޓިންއަކީ އަލީޝާއަށް ވާވަރުގެ ކަމެއް ނޫންކަން އޭނާއަށް އަމިއްލައަށް ވިސްނުމުން ފަހުން އާމިރު އެކަމާ އުފާކުރި ކަމަށް ވެސް އޭނާ ހާމަކުރިއެވެ.

މިވެސް ކިޔާލަން:  ޖޫހީ ޗަވްލާގެ އަލަތު ވެބް ސީރީޒް "ހަޝް ހަޝް" ރިލީޒްކުރާ ތާރީޚް އިއުލާނުކޮށްފި

މި ހާދިސާއަށްފަހު އަލީޝާ އާއި އާމިރު ޚާން ދިމާވީ އެންމެ ފަހަރަކު ކަމަށާއި، އެ ބައްދަލުވުމުގައި ވެސް ދެމީހުން ހަމައެކަނި އެކަކު އަނެކަކަށް ބަލައި ހިނިތުންވެލީ ކަމަށް އަލީޝާ ވަނީ ކިޔައިދީފައެވެ.

މި ފިލްމުން ފުރުޞަތު ލިބުނު ޖޫހީ ޗައުލާ ވަނީ އެ ރޯލުން ބޮޑު މަޤްބޫލުކަމެއް ހޯދައި، ބޮލީވުޑްގެ އެންމެ އުހަށް ދަތުރުކޮށްފައެވެ. އަދި އަލީޝާ ވެސް ވަނީ އިންޑިއާގެ ޕޮޕް މިއުޒިކް ދާއިރާގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top