ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދުރަންދަރު: ނުވަ ކެޓަގަރީއަކުން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑަށް ހުށަހަޅައިފި 
ބޮލީވުޑް އަޕްޑޭޓްސް - އެފްބީ

ރަންވީރު ސިންގް މުހިންމު ރޯލެއް ކުޅެފައިވާ އަދި އަދިތުޔަ ދާރު ޑައިރެކްޓްކޮށްފައިވާ ބޮލީވުޑްގެ އެކްޝަން ތުރިލާ “ދުރަންދަރު: ދަ ރިވެންޖް” ގެ ލަވަތައް، 69 ވަނަ ގްރެމީ އެވޯޑްސްގެ ނުވަ ކެޓަގަރީއަކަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ހިންދުސްތާން ޓައިމްސްއިން ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން، ޝާޝްވަތު ސަޗްދޭވް ކޮމްޕޯޒްކޮށްފައިވާ މި ފިލްމުގެ މިއުޒިކަށް ބައިނަލްއަޤުވާމީ ފެންވަރުގައި މަޤުބޫލުކަން ހޯދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މި ފިލްމުން ހުށަހަޅާފައިވާ ކެޓަގަރީތަކުގެ ތެރޭގައި:

  • ބެސްޓް ކޮމްޕައިލޭޝަން ސައުންޑްޓްރެކް ފޯ ވިޝުއަލް މީޑިއާ
  • ބެސްޓް ސޯންގް ރިޓަން ފޯ ވިޝުއަލް މީޑިއާ
  • ބެސްޓް އޭޝިއަން ޕޮޕް މިއުޒިކް ޕާފޯމަންސް
  • ބެސްޓް ގްލޯބަލް މިއުޒިކް ޕާފޯމަންސް
  • ބެސްޓް ޕޮޕް ޑުއޯ/ގްރޫޕް ޕާފޯމަންސް
  • ބެސްޓް ޑާންސް/އިލެކްޓްރޯނިކް ރެކޯޑިންގ
  • ބެސްޓް ރީމިކްސްޑް ރެކޯޑިންގ
  • ބެސްޓް ރެޕް ޕާފޯމަންސް ހިމެނެއެވެ.

މީގެ ތެރޭގައި “ފިރު ސޭ”، “އާރީ އާރީ”، “ޖާން ސޭ ގުޒަރުތޭ ހޭ”، “ކަންހައްޔާ” އަދި “ޖައިޔޭ ސަޖަނާ” ފަދަ ލަވަތައް ހިމެނެއެވެ.

މިއީ އިންޑިއާގެ ފިލްމީ މިއުޒިކް ބައިނަލްއަޤުވާމީ މައިދާނަށް ފުޅާ ދާއިރާއެއްގައި ތަޢާރަފުކުރުމަށް ފިލްމުގެ އުފެއްދުންތެރިން ކުރަމުންދާ މަސައްކަތެކެވެ. އެހެންނަމަވެސް، ގްރެމީއަށް ނަން ހުށަހެޅުމަކީ ނޮމިނޭޝަނެއް ލިބޭނެކަމުގެ ކަށަވަރުކަމެއް ނޫނެވެ. އެއީ ރެކޯޑިންގ އެކަޑަމީގެ ޝަރުޠުތައް ހަމަވުމާއި ވޯޓުލުމުގެ މަރުޙަލާތަކުން ފާސްވާން ޖެހޭތީއެވެ.

ރެކޯޑިންގ އެކަޑަމީން ހާމަކޮށްފައިވާ ގޮތުގައި، 69 ވަނަ ގްރެމީ އެވޯޑްސް ހަފުލާ އޮންނާނީ 7 ފެބްރުއަރީ 2027 ގައި ލޮސް އެންޖެލިސްގައެވެ. އަދި އެވޯޑަށް ނޮމިނޭޓްވާ ފަރާތްތައް 16 ނޮވެމްބަރު 2026 ގައި އިއުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިވެސް ކިޔާލަން:  "ދުރަންދަރު: ދަ ރިވެންޖް" ގެ ޓްރެއިލާ ނެރެފި

މި ފިލްމުގެ މިއުޒިކަށް ނޮމިނޭޝަން ލިބިއްޖެނަމަ، މިއީ އިންޑިއާގެ ފިލްމީ މިއުޒިކަށް ބައިނަލްއަޤުވާމީ މައިދާނުގައި ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެއެވެ. “ދުރަންދަރު: ދަ ރިވެންޖް” އަށް މި ޝަރަފުވެރި ލިސްޓުން ޖާގަ ލިބޭނެތޯ ބެލުމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top