ކުރުނބާ މޯލްޑިވްސްގެ ބޮޑުބެރު ގްރޫޕްގެ ފަރާތުން އީދު ދުވަހަށް “އައިމި އުފާ އީދުގައި” ނަމުގައި ލަވައެއް ތައްޔާރުކޮށް ބެލުންތެރިނަށް ދޫކޮށްލައިފި އެވެ. ލަވަ އަކީ ވަރަށް ހިތްގައިމު ދިވެހިވަންތަ ލަވައެކެވެ.
“އައިމި އުފާ އީދު” ކިޔާ މި ލަވަ އޮތީ ދިވެހިންގެ ސަގާފަތަށް ވަރަށް ވެސް ބޮޑަށް ގުޅިފައެވެ. މުޅިންވެސް ދައްކުވައިދެނީ ދިވެހިން އާދަކާދައެވެ. އިހު ޒަމާނުގައި ދިވެހިން ކޮށްފައިވާ ކަންކަމެވެ. އެ ލަވަ ކިޔާފައިވަނީ މުހައްމަދު މިބްޝާމް އަދި އިބްރާހިމް ނުހާދު އެވެ.
ކިޔުންތެރިންގެ ޚިޔާލު
