މަޝްހޫރް މަންދީރަ ބޮޑުބެރު ގްރޫޕުން “އީދު ތަހުނިޔާ” އާއެކު އީދު ހަދިޔާއެއް ބެލުންތެރިންނާއި ހަމައަށް މިވަނީ ގެނެސްދީފަ އެވެ.
“އީދު ތަހުނިޔާ” ލަވަ ކިޔައިފައިވަނީ މޯލްޑިވިއަން އައިޑޮލްއިން ބޮޑު މަގުބޫލް ކަމެއް ހޯދައިފައިވާ އަދި އެ ޓީމަށް ނިސްބަތްވާ ނައުޝާދް ލަތީފް (ޒަރޭ) އާއި ހަމަ އައިޑޮލްއިން ވިދާލި އަދި މަންދީރައަށް ނިސްބަތްވާ އަބްދުﷲ މުރުޝިދް (ލާރާ) އާއި މަންދީރަ ބޮޑުބެރު ޓީމްގެ އެސިސްޓެންޓް މެނޭޖަރ ކަމުގައިވާ އަހުމަދު ވަލީދު (ފިއްޓެ) އެވެ.
މި ލަވައިގައި ފެނިގެންދާނީ މަންދީރަ ބޮޑުބެރު ޓީމާއި އަންހެން ޓީމް ބާނީގެ ފަންނާނުންނެވެ. އީދުގެ ތަހުނިޔާ ޅެން ބަހުރުވައިން އެންމެހާ އަޚުންނާއި އުޚުތުންނަށް އަރިސްކުރާ މި ލަވައިގެ މަންޒަރުތައް ޝޫޓް ކޮށްފައިވަނީ މާލެ އާއި ވިލިމާލޭގއެވެ. މި ހިތްގައިމު ލަވައިގެ ޅެން ހަދައިދީފައިވަނީ އަލަށް ޅެންވެރި ކަމުގެ ދުނިޔޭގައި ކުރި އަރަމުން އަންނަ ހުސެއިން ޝަމަލް އެވެ.
