⏱️ ތައްޔާރުކުރުމަށް ހޭދަވާނެ ވަގުތު: 15 މިނެޓު
⏱️ ފިހުމަށް ހޭދަވާނެ ވަގުތު: 45 މިނެޓު
⏱️ ޖުމްލަ ހޭދަވާނެ ވަގުތު: 1 ގަޑިއިރު
🍽️ ތައްޔާރުކުރެވޭނެ މިންވަރު: 4 މީހުންނަށް
🛒 ބޭނުންވާ ތަކެތި:
● 1 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ ނުވަތަ ކާށި ތެޔޮ
● 1 މެދުސައިޒުގެ ފިޔާ (ކުދިކޮށް ކޮށާފައި)
● 4 ލޮނުމެދު (ގާނާފައި)
● 2 ސައިސަމުސާ މުގުރި ރީނދޫ
● 1 ސައިސަމުސާ މުގުރި އިނގުރު
● 1 ސައިސަމުސާ ލޮނު
● ½ ސައިސަމުސާ މުގުރި އަސޭމިރުސް
● ½ ސައިސަމުސާ މުގުރި ދިރި
● 1 ދަޅު ކާށި ކިރު (13.5 އައުންސް)
● ¾ ޖޯޑު ފެން
● 1 ¼ ޖޯޑު ހަނޑޫ (ދޮވެފައި)
● 1 ބޮޑު ކެރެޓު (ގާނާފައި)
● 1 ލުނބޯގެ ހުތް (ގާތްގަނޑަކަށް 2 މޭޒުމަތީ ސަމުސާ)
● 4 ކުކުޅު މޭމަތީ މަސް (ކަށި ނެތް)
● ކޮރިއަންޑާ ފަތް (ގާނިޝް ކުރުމަށް)
👩🍳 ތައްޔާރުކުރާނެ ގޮތް:
1 – ފިހުމަށްޓަކައި އަވަން 177 ޑިގްރީ ސެލްސިއަސް (350 ޑިގްރީ ފެރަންހައިޓް) އަށް ހޫނުކުރަން ޖައްސާށެވެ. އަދި 9×13 އިންޗީގެ ޓްރޭއެއްގައި ތެޔޮ ހާކާފައި ބަހައްޓާށެވެ.
2 – ތަވައަކަށް ތެޔޮ އަޅައި މެދުގިނީގައި ހޫނުކުރުމަށްފަހު ފިޔާކޮޅު އަޅައި 3 ނުވަތަ 4 މިނެޓު ވަންދެން މީރުކޮށްލާށެވެ.
3 – ލޮނުމެދު، ރީނދޫ، ލޮނު، އަސޭމިރުސް، އިނގުރު އަދި ދިރި އެޅުމަށްފަހު 30 ސިކުންތު ވަންދެން ހަލުވަމުން ކައްކާށެވެ. އެއަށްފަހު ކާށި ކިރުފޮދު އަޅައި، ކިރުގަނޑު އެއްވަރުވަންދެން ގިރުމަށްފަހު ޓްރޭއަށް އޮއްސާލާށެވެ.
4 – ޓްރޭގައި ހުރި ތަކެތީގެ ތެރެއަށް ފެން، ހަނޑޫ، ކެރެޓު އަދި ލުނބޯ ހުތް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
5 – ހަނޑޫ މިކްސްޗަރުގެ މަތީގައި ކުކުޅުތައް އަތުރާލާށެވެ (ކުކުޅުގައި ރަހަ ހިފުމަށްޓަކައި ކޮޅުކޮޅަށް ޖަހާލެވިދާނެއެވެ). ފޮއިލަކުން ޓްރޭ ނިވާކުރުމަށްފަހު 45 އާއި 50 މިނެޓާ ދެމެދު ފިހާށެވެ. މި ވަގުތު ހަމަވާއިރު ހަނޑޫ ހުންނާނީ މަޑުވެ، ކުކުޅު ރަނގަޅަށް ރޯފިލާފައެވެ.
6 – ސުފުރާމައްޗަށް ނެގުމުގެ ކުރިން އުލެއް ބޭނުންކޮށްގެން ބަތްތައް ވަކިވަކިކޮށްލާށެވެ. ބޭނުންނަމަ ކުކުޅުގެ މައްޗަށް ކުޑަ ލޮނުކޮޅަކާއި އަސޭމިރުސްކޮޅެއް ބުރުވާލުމަށްފަހު ކޮރިއަންޑާ ފަތުން ގާނިޝް ކުރާށެވެ.
އިތުރު އިރުޝާދެއް:
ކުކުޅު މޭމަތީ މަހުގެ ބަދަލުގައި ފަލަމަސްގަނޑު (ތައިސް) ވެސް ބޭނުންކުރެވިދާނެއެވެ. ނަމަވެސް ފަލަމަސްގަނޑު އަވަހަށް ރޯފިލާނެކަން ހަނދާނުގައި ބަހައްޓާށެވެ.
