ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޮލިވިއާ ވައިލްޑްގެ ކާމިޔާބު ފިލްމު “ދަ އިންވައިޓް” ޒީ5 އަށް
ގޫގްލް

ބެލުންތެރިންނާއި ކްރިޓިކުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ، އޮލިވިއާ ވައިލްޑް ޑައިރެކްޓްކޮށް މުހިންމު ރޯލެއް ކުޅެފައިވާ ފިލްމު “ދަ އިންވައިޓް” މި އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ޒީ5 މެދުވެރިކޮށް ބަލާލެވޭނެކަން އިޢުލާންކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ޒީ5 ގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

މި ފިލްމު އެންމެ ފުރަތަމަ ދައްކާލާފައިވަނީ މިއަހަރުގެ ޖެނުއަރީ 24 ގައި ބޭއްވުނު ސަންޑާންސް ފިލްމު ފެސްޓިވަލްގައެވެ. އޭގެ ފަހުން، އެމެރިކާގެ މަޝްހޫރު ޑިސްޓްރިބިއުޓަރު A24 އިން މި ފިލްމު އެމެރިކާގެ ސިނަމާތަކުގައި ޖޫން 26 ގައި އަޅުވާފައިވާއިރު، ޖުލައި މަހުގެ ތެރޭގައި އިންޑިއާގެ ސިނަމާތަކުގައިވެސް ވަނީ ދައްކަން ފަށާފައެވެ.

“ދަ އިންވައިޓް” އަކީ ހުނަރުވެރި އަދި މަޝްހޫރު ތަރިންތަކެއް ފެނިގެންދާ ފިލްމެކެވެ. މީގެ މައިގަނޑު ރޯލުތަކުން ފެންނަނީ ޖޭޒް މިއުޒިކް ޓީޗަރެއްގެ ރޯލުން ސެތު ރޯގަން (ޖޯ)، އޭނާގެ އަންހެނުން އެންޖެލާގެ ރޯލުން އޮލިވިއާ ވައިލްޑް، އަދި އެމީހުންގެ ގޭގެ މަތީ ބައިގައި ދިރިއުޅޭ އަވަށްޓެރިޔާ ޕީނާގެ ރޯލުން ޕެނެލޮޕީ ކްރޫޒްގެ އިތުރުން ޕީނާގެ ބައިވެރިޔާ ހޯކްގެ ރޯލުން އެޑްވަރޑް ނޯޓަން އެވެ.

އެމެރިކާގެ ސެން ފްރެންސިސްކޯގައި ހިނގާ މި ފިލްމުގެ ހާދިސާތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އެންމެ ތަނެއްގެ ތެރޭގައެވެ. މިއީ ގުޅުންތަކާއި ރަހުމަތްތެރިކަމުގެ މައްޗަށް ބިނާކޮށް، މަޖާ އަދި ޝައުޤުވެރި ޑައިލޮގްތަކެއްގެ މައްޗަށް އެކުލެވޭ އެޑަލްޓް ކޮމެޑީ ފިލްމެކެވެ.

މި ފިލްމަކީ ސެސްކް ގޭ ޑައިރެކްޓްކޮށް 2020 ވަނަ އަހަރު ނެރުނު ސްޕެނިޝް ފިލްމު “ދަ ޕީޕަލް އަޕްސްޓެއާސް” (ސެންޓިމެންޓަލް) ގެ މައްޗަށް ބިނާކޮށް އިނގިރޭސި ބަހުން އުފައްދާފައިވާ ރީމޭކެކެވެ. ރަޝީދާ ޖޯންސް އާއި ވިލް މެކްކޯމެކް ސްކްރީންޕްލޭ ލިޔެފައިވާ މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ޑެވޮންޓޭ ހައިންސް އެވެ.

މިވެސް ކިޔާލަން:  އާލިއާ ބަޓްގެ ފުރަތަމަ ހޮލީވުޑް ފިލްމުގައި ގަލް ގެޑޮޓް އަދި ޖޭމީ ޑޯރނަން!

ޖުމްލަ 107 މިނެޓުގެ ދިގުމިން ހުންނަ “ދަ އިންވައިޓް” އަށް ފާޑުކިޔުންތެރިންގެ މެދުގައި ވަރަށް ބޮޑު ތަޢުރީފެއް ވަނީ ލިބިފައެވެ. އެގޮތުން ރޮޓެން ޓޮމާޓޯސް އިން %96 ގެ މަތީ ރޭޓިންއެއް ލިބިފައިވާއިރު، މެޓަކްރިޓިކް އިން ވަނީ 82 ގެ ސްކޯއެއް ދީފައެވެ. އަދި އިންޑިޕެންޑެންޓް ކޮމެޑީ ފިލްމަކަށް ބަލާއިރު ބޮޑު ކާމިޔާބީއެއް ހޯދައި، މުޅި ދުނިޔޭގެ ބޮކްސް އޮފީހުގައި މި ފިލްމަށް ވަނީ 55 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top