ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފެމިލީ ޑްރާމާ “މީތޭ މޭ ކިޔާ ހޭ” އޮކްޓޫބަރު 30 ގައި
ގޫގުލް

މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްއިން ގެނެސްދޭ އާ ފެމިލީ ޑްރާމާ ފިލްމު “މީތޭ މޭ ކިޔާ ހޭ” ގެ ޓްރެއިލާ މިއަދު (ބުދަ ދުވަހު) ރަސްމީކޮށް އާންމުކޮށްފިއެވެ. މި ފިލްމަކީ އާއިލީ ގުޅުންތަކާއި ދިރިއުޅުމުގެ ހަޤީޤަތްތައް ދައްކުވައިދޭ “ސްލައިސް އޮފް ލައިފް” ޑްރާމާއެކެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް ރާދިކާ ބަންސާލް ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ފެނިގެންދާނީ ދިވާލީ ބަންދާ ދިމާކޮށް އެއް ތަނަކަށް އެއްވާ އެއް އާއިލާއެއްގެ ތަފާތު ޖީލުތަކުގެ މެދުގައި ހިނގާ މަޖާ އަދި އަސަރުގަދަ ކަންތައްތަކެކެވެ. މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ މަޝްހޫރު ތަރިން ކަމަށްވާ ރޯހިނީ ހައްތަންގަޅީ، ރިތުވިކް ބޯމިކް، އައިޝާ ރަޒާ މިޝްރާ، އަބޭ ކޯލް އަދި ތަރަނާ ރާޖާއެވެ.

އާންމުކުރި ޓްރެއިލާއިން ފެންނަ ގޮތުގައި، މި ފިލްމުން އާއިލީ ދިރިއުޅުމުގެ އުފާތަކާއި ކުރިމަތިވާ ގޮންޖެހުންތައް ވަރަށް ފުރިހަމައަށް ދައްކުވައިދެއެވެ. އެގޮތުން އާއިލާގެ އެކި ޖީލުތަކުގެ ޚިޔާލުތައް ތަފާތުވުމުގެ ސަބަބުން ދިމާވާ ޚިޔާލުތަފާތުވުންތަކާއި، އާއިލާއިން ބޭރު މީހަކު އެ އާއިލާގެ ތެރެއަށް ވަނުމުން ހިނގާ މަޖާ ހާދިސާތައް މި ޓްރެއިލާއިން ވަނީ ފެނިގެން ގޮސްފައެވެ. އަދި އީދު ދުވަސްވަރު އާއިލީ އެއްވުންތަކުގައި ފެންނަ ލޯތްބާއި، މަޖާ ސަކަރާތް އަދި ހިތްގައިމު ހައިރާންކަން ގެނެސްދޭ މަންޒަރުތައްވެސް ޓްރެއިލާގައި ހިމެނެއެވެ.

މިއީ އާންމުކޮށް ފެސްޓިވަލް ދުވަސްވަރު ނުކުންނަ ވަރުގަދަ އެކްޝަން ފިލްމުތަކާއި ކޮމެޑީތަކުގެ ބަދަލުގައި، އާއިލާއާއެކު ބަލާލަން އެކަށީގެންވާ ލުއި އަދި ހިތްގައިމު ފިލްމަކަށް ވާނެކަމަށް ބެލެވެއެވެ.

އަޖީތު މޯހަން ޕްރޮޑިއުސްކޮށް، އުއްތަން ކެޕިޓަލްއިން ގެނެސްދޭ މި ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ދައްކަން ފަށާނީ މިހިނގާ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އިންޑިއާ ޓުޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑައިރެކްޓަރު ރާދިކާ މި ފިލްމުގެ ސްކްރިޕްޓް އެންމެ ތިން މަސް ދުވަހުގެ ތެރޭގައި ލިޔެ ނިންމާލިއިރު، މިއީ ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ ފިލްމު ސެޓަކަށް ނުކުތް ފުރަތަމަ ފަހަރުވެސް މެއެވެ.

މިވެސް ކިޔާލަން:  "ވެލްކަމް ޓު ދަ ޖަންގަލް" ގެ ޓްރެއިލާ ޖޫން 11 ގައި
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top