ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ރޯމް ދުނިޔެ” މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް ލޯންޗްކޮށްފި

– އީ-ސިމް ބައްލަވައިގަންނަވާ ފަރާތްތަކަށް ހިލޭ ޢުމްރާ ދަތުރެއް!

ދިވެހިރާއްޖޭގެ ފުރަތަމަ އަދި އެންމެ ފުރިހަމަ ޓްރެވަލް އީ-ސިމް (eSIM) ޕްލެޓްފޯމް ކަމަށްވާ “ރޯމް ދުނިޔެ” ގެ ރަސްމީ މޯބައިލް އެޕްލިކޭޝަން ރަސްމީކޮށް ލޯންޗްކޮށްފިއެވެ. މި އެޕްލިކޭޝަނަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށާއި އެހެނިހެން ދަތުރުވެރިންނަށް ފަސޭހަކަމާއެކު މުވާސަލާތީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ޒަމާނީ ޕްލެޓްފޯމެކެވެ.

“ރޯމް ދުނިޔެ” އެޕްލިކޭޝަން މެދުވެރިކޮށް ދުނިޔޭގެ އެކި ޤައުމުތަކަށް ބޭނުންވާ އީ-ސިމްގެ ޚިދުމަތް ދަތުރުވެރިންނަށް ވަގުތުން ލިބިގެންދާނެއެވެ. މީގެ އިތުރުން، މި އެޕްލިކޭޝަން ވެގެންދާނީ ދަތުރުވެރިންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ ވަރަށް ފުރިހަމަ ޑިޖިޓަލް އެހީތެރިއަކަށެވެ. އެގޮތުން ޓްރެވަލް އިންޝުއަރެންސް ހޯދުމާއި، އެއާޕޯޓް ލައުންޖް ޚިދުމަތްތައް ބުކްކުރުމުގެ އިތުރުން، ބޭރު ޤައުމުތަކުގައި ދަތުރުފަތުރު ކުރުމަށް މަޤްބޫލު “އޫބާ” (Uber) ގެ ޚިދުމަތްތައްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ބޭރު ޤައުމުތަކަށް ދަތުރުކުރުމަށް ބޭނުންވާ ވިސާ އެޕްލިކޭޝަންތަކާއި، އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ފުރިހަމަކުރުމަށް ބޭނުންވާ އެހީތެރިކަންވެސް މި ޕްލެޓްފޯމުން ފޯރުކޮށްދޭނެއެވެ.

މި އެޕްލިކޭޝަން އިފްތިތާޙު ކުރުމާ ގުޅިގެން “ރޯމް ދުނިޔެ” އިން ވަނީ ކަސްޓަމަރުންނަށް ވަރަށް ޚާއްޞަ ޕްރޮމޯޝަނެއްވެސް އިޢުލާނުކޮށްފައެވެ. އެގޮތުން، މި ޕްލެޓްފޯމް މެދުވެރިކޮށް އީ-ސިމް ބައްލަވައިގަންނަ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް މުޅިން ހިލޭ ޢުމްރާ ދަތުރެއް ލިބިގެންދާނެ ކަމަށް އެ ފަރާތުން މަޢުލޫމާތު ދެއެވެ. މި ޚާއްޞަ ޕްރޮމޯޝަން ކުރިއަށްދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.

މިވެސް ކިޔާލަން:  "ރޯމްދުނިޔެ" އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!

ދަތުރުވެރިންގެ މެދުގައި މި އެޕްލިކޭޝަން އިތުރަށް މަޤްބޫލުވެގެންދާނެ އަނެއް ސަބަބަކީ، އެޕްގައި ހިމަނާފައިވާ “ރޯމް ބްލޮގް” އެވެ. މި ބްލޮގަކީ ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރުކުރާއިރު ސަމާލުކަންދޭންވީ ކަންކަމާއި، އެ ޤައުމުތަކުގެ ސަގާފަތާއި، ބަލައިލަން ރަނގަޅު ތަންތަނުގެ އިތުރުން ދަތުރުމަތީގައި ކަންކަން ކުރަންވީ އެންމެ ފުރިހަމަ ގޮތްތަކުގެ މަޢުލޫމާތު މުއްސަނދިކޮށް ހިމަނާފައިވާ ޚަޒާނާއެކެވެ.

“ރޯމް ދުނިޔެ” އިން ހާމަކުރި ގޮތުގައި މިއީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ދިމާވާ މުވާސަލާތީ އަދި ދަތުރުފަތުރުގެ އެކި ދަތިތަކަށް ޒަމާނީ، އިތުބާރުހުރި އަދި ފަސޭހަ ޙައްލެއް ގެނެސްދޭނެ ޕްލެޓްފޯމެކެވެ. މި އެޕްލިކޭޝަން މިހާރު އެންޑްރޮއިޑްގެ ގޫގުލް ޕްލޭ ސްޓޯރުންނާއި އެޕަލްގެ އެޕް ސްޓޯރު މެދުވެރިކޮށް މުޅިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

Android: https://tinyurl.com/rd-android

iOS: https://tinyurl.com/rdmv-ios

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top