މަޝްހޫރު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ފާތިމަތު ނަހުލާގެ ފިލްމު “މަޖުނޫނު” މި މަހު 26 ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއާކުރާނެއެވެ. ފިލްމު ޕްރިމިއާކުރުމަށް ވަގުތު ކުޑަތަންވެފައިވަނިކޮށް، ނަހުލާ ވަނީ އޭނާގެ ފޭނުންނަށް އުފާވެރި އަދި ހިތްހަމަޖެހޭ ފަދަ ޚަބަރެއްވެސް ދީފައެވެ.
“100 ޕަސެންޓް ނަހޫގެ އަމިއްލަ. ޖެހިލުމެއް ނުވޭ އެއްވެސް އެއްޗަކާ ވައްތަރޭ ކިޔާފަ އެއްޗެއް ދެއްކިޔަސް ޖެހިލުމެއްވެސް ނުވޭ. ނަން ކިޔާކަށްވެސް، މީހަކު ނަމެއް ބުނެފިޔޭ ބުނެފިއްޔާ އެނަން ހާމަކުރާކަށްވެސް ޖެހިލުމެއް ނުވޭ. 100 ޕަސެންޓް އޮރިޖިނަލް.” ފިލްމު “މަޖުނޫނު” އަކީ އޮރިޖިނަލް އަމިއްލަ އުފެއްދުމެއްކަން ހާމަކުރަމުން ވަރަށް ކެރިހުރެ ނަހޫ ފާހަގަކުރިއެވެ.
ފިލްމު “މަޖުނޫން” ޕްރޮމޯޓްކުރުމަށް އަދި ނަހޫގެ ފޭނުންނާ ގާތުން ވަގުތު ހޭދަކޮށްލުމަށް ބާއްވަމުން އަންނަ ސިލްސިލާ ޓިކްޓޮކް ލައިވްގައި ރޭ ވެސް މި ފިލްމާބެހޭ ވަރަށް ގިނަ ވާހަކަތަކެއް ހިއްސާކޮށްފައިވެއެވެ. ރޭގެ ލައިވްގައި ފިލްމުގެ ލީޑް ޝިފާގެ އިތުރުން ފިލްމުގެ ވަރަށް މުހިންމު ކެރެކްޓާއެއް ކުޅޭ އީސަ (އާނަންދު) ވެސް ބައިވެރިވިއެވެ.
ފިލްމު “މަޖުނޫން”ގެ ޕްރިމިއާ އިވެންޓް މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވަނީ 08:00ގައެވެ. މި އިވެންޓްގެ ކަވަރޭޖް ޔޭސް ޓީވީން ވަގުތުން ދައްކާނެއެވެ.
މިހާރު ފިލްމުގެ ޓިކެޓް ވިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އޮލިމްޕަހުންނާއި 7844422 ނަންބަރާ ގުޅައިގެން ޓިކެޓް ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
