ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މަޖުނޫން” ގެ ޓިކެޓް އަތުފަތުނުޖެހި ވިކެނީ: ޝޯތައް މަދުވުމުން އަވަހަށް ޓިކެޓް ނެގުމަށް ނަހުލާ އެދިއްޖެ

މި މަހުގެ 26 ވަނަ ދުވަހު އޮލިމްޕަހުގައި ރިލީޒްކުރި އަސަރުގަދަ, ހައިރާންކުރުވަނިވި ފިލްމު “މަޖުނޫން” އަށް ބޮޑު ތަރުހީބެއް ލިބި، މިހާރު ފިލްމުގެ ޓިކެޓް އަތުފަތުނުޖެހި ވިކެމުން އަންނަ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ބުނެފިއެވެ.

ދިވެހި ސިނަމާއަށް މުޅިން އައު ޖޮންރާއެއް ތަޢާރަފުކޮށް، ފިލްމީ އުފެއްދުންތަކަށް އިންގިލާބީ ބަދަލެއް ގެނެސްދީފައިވާ މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ނަހުލާ ބުނީ، ފިލްމު އެޅުވުމަށްފަހު ޓިކެޓްގެ ޑިމާންޑު ވަރަށް ބޮޑުވާނެ ކަމަށް ކުރިންވެސް ބުނެފައިވާނެ ކަމަށެވެ. އެގޮތުން އޮލިމްޕަހުން މި ފަހަރު ލިބެނީ މަދު ޝޯތަކެއް ކަމަށާއި، މިހާރު ޚިދުމަތް އަވަސްކުރުމަށްޓަކައި ކައުންޓަރުގައި އެއްފަހަރާ ފަސް މީހުން ބައިތިއްބަން ޖެހިފައިވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ނަހުލާ ބުނި ގޮތުގައި ކުރީގެ ފިލްމުތަކާ ޚިލާފަށް މިފަހަރު ބައެއް މީހުން ތިބީ ފިލްމު ބެލި މީހުންގެ ކޮމެންޓްތަކަށް ބަލަން، ފަހު ވަގުތު ޓިކެޓް ނަގާ ގޮތަށެވެ.

“ފިލްމު ބަލާފަ ލިބޭ ކޮމެންޓަކަށް ބަލާފަ ޓިކެޓް ނެގުމަކީ ކުރިން އަޅުގަނޑުގެ ފިލްމަކަށް ވާ ގޮތެއް ނޫން. އެއަށްވުރެ ބޮޑަށް އަޅުގަނޑުގެ އޯޑިއަންސް އަޅުގަނޑަށް އިތުބާރު ކުރޭ. އަޅުގަނޑު އަބަދުވެސް ބުނަން އެ އެއްޗެއްގައި ހުރި ވަރެއްގެ ވާހަކަ ނޫނީ ފޮނި ކަނޑާކަށް ނުބުނާނަމޭ. އެކަން އެންމެންވެސް ޤަބޫލުކުރޭ،” ނަހުލާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ފުރަތަމަ 13 ޝޯގެ ޓިކެޓް ގިނަ ބަޔަކު ވަރަށް އަވަހަށް ނެގި ނަމަވެސް، މަޑުކޮށްލައިގެން ތިބި މީހުންނަށް މިހާރު އަވަހަށް ޓިކެޓް ނުލިބިގެން ވަރަށް ގިނަ ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އަދި ފިލްމު ބެލި މީހުންވެސް އަލުން ފިލްމު ބެލުމަށް (ރިޕީޓްކޮށް) ޓިކެޓް ނަގަމުންދާ ކަމަށް އޭނާ ބުންޏެވެ.

މިވެސް ކިޔާލަން:  "މަޖުނޫން" ގައި އާނަންދު ކުޅެނީ ވާހަކައިގެ ކުންނާ ގުޅިފައިވާ މާނިއުގެ ރޯލު!

ޓިކެޓް ނުލިބިގެން ކުރާ ޝަކުވާތައް ގިނަވުމާ ގުޅިގެން، ހުކުރު ދުވަހުގެ މެންދުރުފަސް 2:30ގެ ޝޯއެއްވެސް މިހާރު ވަނީ ހުޅުވާލާފައެވެ. ނަހުލާ ވަނީ ސްކްރީނުން “މަޖުނޫން” ބަލައިލުމުގެ ފުރުޞަތު އެއްކޮށް ގެއްލުމުގެ ކުރިން، ވީހާވެސް އަވަހަކަށް ޓިކެޓް ނެގުމަށް ބެލުންތެރިންގެ ކިބައިން އެދިފައެވެ.

“މަޖުނޫން”ގެ ޓިކެޓް ހޯދުމަށް 7844422 އަށް ގުޅައިގެން އަދި އޮލިމްޕަސް ޓިކެޓް ކައުންޓަރުން މިހާރު ޓިކެޓް ލިބެން ހުންނާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top