ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ކުދި ޖަޒީރާ ތަކޭ ދިރިއުޅޭ..” – ފަތުރުވެރިކަމާގުޅޭ ހިތްގައިމު ލަވައެއް

ކުރިއަރަމުން އަންނަ އުއްމީދީ ލަވަކިޔުންތެރިޔާ މުޙައްމަދު ރިއްފަތުގެ އަޑުން އަބަދުވެސް އިވެނީ ލަވަ އަޑުއަހާ މީހުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ލަވަތަކެވެ. ނުވަތަ އެދުވަސްވަރެއްގައި އެންމެ ބޮޑަށް ވައިގައި ހިފާފައިވާ ލަވަތައްވެސް ރިއްފަތުގެ ސްޓައިލްގައި ގެނެސްދެމުން އާދެއެވެ.

 

މިދުވަސްވަރު ޓީވީ ޗެނަލް ތަކުންނާއި، ރަށްރަށުގެ ގޮނޑުދޮށްތަކާއި ސިޔާސީ ހަރުގެ ތަކާއި ޖަގަހަތަކުން އެންމެ ބާރަށް އިވެމުން އަންނަ އެއް ލަވައަކީ މީގެ އަހަރުތަކެއް ކުރިން ފެންތަށި ޚަލީލްގެ އަޑުން އިވިފައިވާ “ކުދި ޖަޒީރާ ތަކޭ ދިރިއުޅޭ..” މި ހިތްގައިމު ލަވަ އެވެ. ސިޔާސީ މަންސަތަކުން މިދުވަސްވަރު މި ލަވަ އަޑުއިވުނަސް މިއީކީ ސިޔާސީ ލަވައެއް ނޫނެވެ. މިއީ ޤައުމީ ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވައެކެވެ. ލަވައިގެ ތީމަކީ ފަތުރުވެރިކަމެވެ. މި ލަވަ މިއަދު މުޙައްމަދު ރިއްފަތު ގެ އަޑުން އަނެއްކާވެސް އިއްވާލައި، މަނިކް އާޓްސް ގެ ވީޑިއޯ ޕްރޮޑަކްޝަން އާއިއެކުގައި މިވަނީ ލަވައިގެ އަސްލު ގޮތުގައި ގެނެސްދީފައެވެ.

ރިއްފަތު ކިޔާފައިވާ “ކުދި ޖަޒީރާ ތަކޭ ދިރިއުޅޭ..” ގެ މިއުޒިކް ތައްޔާރުކޮށް ރެކޯޑިން ހަދާފައިވަނީ ‘ކޮއްކޮ’ އެވެ. ލަވައިގެ ވީޑިއޯ މަސައްކަތް ކޮށްފައިވަނީ މަނިކް އާޓްސް އިންނެވެ. އެގޮތުން ކެމެރާ، ޑައިރެކްޝަން އަދި އެޑިޓިން ހެދީވެސް އެ ސްޓޫޑިއޯ އިންނެވެ.

 

ރިއްފަތު އަމިއްލައަށް ޕްރޮޑިއުސްކޮށް ކިޔާފައިވާ މި ލަވައިގެ ވީޑިއޯ ގެނެސްދީފައިވަނީ ލަވައިގެ ޅެންވެރިކަމާއި ގުޅޭގޮތަށް ދިވެހިރާއްޖޭގެ ހިތްގައިމު މަންޒަރުތައް ހިމަނައިގެން ވަރަށް ފުރިހަމަ އަށެެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top