ދީނީ ސުވާލެއް އޮތީތަ؟
ހާދިސާ
އަވަސް ޚަބަރު: ގިނަ ފަސިންޖަރުންތަކެއް ބަލިވުމުގެ ސަބަބުން އެމިރޭޓްސް ގެ މަތިންދާ ބޯޓެއް ކަރަންޓީނުކޮށްފި

އެމިރޭޓްސްގެ މަތިންދާބޯޓަކުން ދަތުރުކުރި ގިނަ ޢަދަދެއްގެ ފަސިންޖަރުންތަކެއް ސީރިޔަސް ހާލަތަކަށް ބަލިވުމުގެ ސަބަބުން އެ ބޯޓް އެމެރިކާގެ ޖޯން އެފް ކެނެޑީ އެއަރޕޯޓްގައި ކަރަންޓީނުކޮށްފި އެވެ. މިކަންވަނީ ނިއުޔޯކް ސިޓީ މޭޔަރުގެ އޮފީހުން ކަށަވަރުކޮށްދީފައެވެ.

 

ބައެއް ނޫސްތައް ބުނާގޮތުން އެ ބޯޓުން ފަތުރުކުރި 500 ފަސިންޖަރުންގެ ތެރެއިން 100 ފަސިންޖަރުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައިވެއެވެ.

 

އެއަރ ލައިވް އިން ބުނީ ޖޭއެފްކޭ އެއަރޕޯޓްގައި މަތިންދާބޯޓު ޖެއްސުމާއެކު ބޯޓު ކަރަންޓީނު ކޮށްފައިވަނީ އެއިން ދަތުރުކުރި ގިނަ ޢަދަދެއްގެ ފަސިންޖަރުންނަށް ކޮންމެވެސް ބަލިމަޑުކަމެއް ދިމާވެއްޖެ ކަމަށް ރިޕޯޓްކުރުމުންނެވެ.

 

އެއަރ ލައިވް އިން އިތުރަށް ބުނީ ފަސިންޖަރުންގެ ހުން ބެލުމަށްފަހު އެހެން މަތިންދާބޯޓެއްގައި ފަސިންޖަރުން ފޮނުވާލެވޭނެ ކަމަށެވެ.

 

ކަރަންޓީނު ކޮށްފައިވަނީ އެމިރޭޓްސް އެއަރބަސް 380، ފްލައިޓް ކޯލްސައިން އީކޭ203 އެވެ. މިއީ ދުބާއީ އިން އެމެރިކާއަށް ދަތުރުކުރި ފްލައިޓެކެވެ.

 

މީޑިއާ ރިޕޯޓްތަކުން 100 ފަސިންޖަރުން ބަލިވި ކަމަށް ބުނިނަމަވެސް އެމިރޭޓްސްގެ އޮފިލަކު ބުނީ ބަލިވެފައިވަނީ 10 ފަސިންޖަރުން ކަމަށެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top