ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކުމާރު ސާނޫގެ ޝޯއެއް ރާއްޖޭގައި ބާއްވަނީ

ބޮލީވުޑްގެ ރަންޒަމާނުގެ މަޝްހޫރު އަދި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ޚާއްސަ މިއުޒިކީ ޝޯއެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، 90 ގެ އަހަރުތަކުގައި ހިންދީ ސިނަމާގައި އެންމެ ވިދާލި އެއް އަޑުގެ ވެރިޔާ ކުމާރު ސާނޫ ރާއްޖެ ގެނެސްގެން ބާއްވާ މި ޝޯ އޮންނާނީ އަންނަ މަހުގެ ތެރޭގައެވެ. މި ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި ޝޯ އޮންނާނީ އަންނަމަހުގެ 4 ވަނަ ދުވަހުގެ ރޭގަ އެވެ. ޖުނޫންގެ ނަމުން ނަން ދީފައިވާ މި ޝޯގައި ބައިވެރިވުމަށް ކުމާރު ސާނޫ އަންނަމަހުގެ 3 ވަނަ ދުވަހު ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

މި ޝޯ އިންތިޒާމުކުރާ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ރާއްޖޭގައި ތިބި ހިންދީ މިއުޒިކަށް ލޯބިކުރާ ގިނަ އަދަދެއްގެ މީހުންނަށާއި، ކުމާރު ސާނޫގެ އަޑުން ވިދާލި ރީތި ކްލެސިކް ލަވަތަކަށް ލޯބިކުރާ ފަރާތްތަކަށް ހުޅުވާލެވިގެން ބާއްވާ ވަރަށް ފޯރިގަދަ އަދި ތާރީޚީ ހަރަކާތަކަށް ވެގެންދާނެއެވެ. މި ޝޯގައި ކުމާރު ސާނޫގެ އެންމެ މަގުބޫލު ލަވަތައް އޭނާގެ އަސްލު އަޑުން ލައިވްކޮށް އިވިގެންދާނެއެވެ.

ކުމާރު ސާނޫއަކީ ފިލްމުފެއާ އެވޯޑް ޖެހިޖެހިގެން ފަސް ފަހަރު ހޯދައި، އަދި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ލަވަ ރެކޯޑުކޮށްގެން ގިނިސް ވޯލްޑް ރެކޯޑު ފޮތުން ވެސް ޖާގަ ހޯދާފައިވާ ފަންނާނެކެވެ. ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި ވެސް އޭނާގެ ލަވަތަކަކީ އަދިވެސް ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ލަވަތަކެކެވެ.

މިވެސް ކިޔާލަން:  ރާނޫ އާއިއެކު ޑުއެޓެއް ކިޔަން ކުމާރު ސާނޫ ތައްޔާރު

މި ޝޯގެ ޓިކެޓް ވިއްކުމާ ގުޅޭ އިތުރު ތަފުސީލުތައް ކުރިއަށް އޮތް ދުވަސްތަކުގައި އިންތިޒާމުކުރާ ފަރާތުން އާންމުކުރާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މި ޝޯއާއެކު ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top