ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަން މީޑިއާ ވަގުތީގޮތުން ހުއްޓާލަނީ

ރީބްރޭންޑް ކުރުމަށް ސަން މީޑިއާ ވަގުތީގޮތުން ހުއްޓާލަން ނިންމައިފި އެވެ. އަދި މިހާރުވެސް ސަން އޮންލައިން ގެ ޚިދުމަތް ވަނީ މެދުކަނޑާލާފައެވެ. އެގޮތުން ސަން އޮންލައިން އިން ވަނީ ދިވެހިބަހާއި އިނގިރޭސި ބަހުން ބަޔާނެއް އާއްމުކޮށްފައެވެ.

 

ސަން މީޑިއާގެ ބަޔާން

“ސަން މީޑިއާ ގްރޫޕުގެ ދަށުން ހިންގާ “ސަން އޮންލައިން” ނޫހާއި “ސަން ޓީވީ” ޗެނަލް އަދި “މޯލްޑިވް އައިލެންޑްސް” މަޖައްލާގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލުމަށް ނިންމައިފިއެވެ.

 

މިގޮތަށް ނިންމީ، ސަން މީޑިއާ ގްރޫޕުގެ ދަށުން ހިންގާ އޮންލައިން ނޫހާއި ރޭޑިއޯ އަދި ޓީވީގެ ވަސީލަތްތަކުގެ ހިދުމަތާއި ފެންވަރާއި ކޮންޓެންޓު ރަނގަޅުކޮށް، އެ ހިދުމަތްތައް އަމާޒުކުރެވޭ ފަރާތްތަކަށް މިހާރަށްވުރެ މަގުބޫލު ވަސީލަތްތަކަކަށް ހަދައި، ރީބްރޭންޑުކޮށް އަދި ރީލޯންޗުކުރުމަށް އެކަށީގެންވާ ވަގުތު ބޭނުންވާތީއެވެ. ސަން މީޑިއާގެ ތަފާތު ވަސީލަތްތަކުގެ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލަނީ، ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ތެރެއިން، އެކަން އަންގަންޖެހޭ އިދާރާތަކަށް އަންގައި، އަދި ހުއްދަ ހޯދަންޖެހޭ އިދާރާތަކުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

 

ސަން މީޑިއާގެ ތަފާތު ވަސީލަތްތަކުގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލިނަމަވެސް، އެކި ފަރާތްތަކާއެކު ސަން މީޑިއާއިން ހަދާފައިވާ އެއްބަސްވުންތަކުން ލާޒިމުކުރާ ކަންކަމަށް ސަން މީޑިއާއިން އިޙްތިރާމްކުރާނެއެވެ. އަދި، މިޙާލަތާގުޅިގެން، އެއެއްބަސްވުންތަކާމެދު އަމަލުކުރަންޖެހޭ އުސޫލުތަކަށް އަމަލުކުރާނެއެވެ.

 

މިފުރުސަތުގައި ސަން މީޑިއާގެ ތަފާތު ވަސީލަތްތަކުގައި ޚިދުމަތްކޮށްދެއްވި އެންމެހާ މުވައްޒަފުންގެ އަގުވަޒަންކޮށް އެއިން ކޮންމެ ބޭފުޅަކަށްމެ ވަކިވަކިން އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އަދި ސަން މީޑިއާގެ ތަފާތު ވަސީލަތްތަކުގެ ޚިދުމަތް ހޯއްދަވަމުން ގެންދެވި ކިޔުންތެރީންނާއި ބެލުންތެރީންނާއި އެހުންތެރީންނަށް ވެސް، އެބޭފުޅުން ދެއްވި ތަރުޚީބާއި ތާއީދަށާއި ތަރުޙީބަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ.”

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top