ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އޭސީ ދީވާންގީ ދޭކީ ނެހީ ކަހީން” 2027 ގައި

ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަދިއާޑްވާލާގެ ދަރިފުޅު ސުބްހާން ނަދިއާޑްވާލާ އަދި މަޤުބޫލު އެކްޓަރު ރޯހިތު ރޯއީގެ ދަރިފުޅު އައިރާ ބޮލީވުޑަށް ތައާރަފުވާ ފިލްމު “އޭސީ ދީވާންގީ ދޭކީ ނެހީ ކަހީން” ސިނަމާތަކަށް ގެންނަ ތާރީޚު އިޢުލާންކޮށްފިއެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ ކާމިޔާބު ޑައިރެކްޓަރު ޝަޝާންކް ކައިތާންއެވެ. މިއީ ޝަޝާންކް، އަމިތު ޗަންދްރާ އަދި ނަލިނީ ދައްތާ ކައިތާން ގުޅިގެން އުފައްދާފައިވާ “214 އެންޓަޓެއިންމަންޓް” ބެނާގެ ދަށުން އުފައްދާ ފުރަތަމަ ފިލްމުވެސްމެއެވެ. ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީވެސް ޝަޝާންކްއެވެ.

ފިލްމު އިޢުލާނުކުރުމުގެ ގޮތުން އާންމުކުރި ޓައިޓަލް ވީޑިއޯއިން ފެނިގެންދަނީ އާދައިގެ ލޯބީގެ ފިލްމުތަކާ މުޅިން ތަފާތު މަންޒަރުތަކެކެވެ. ލޯބިވެރިންގެ ދެމެދުގައި އޮންނަ ގާތްކަމުގެ އިތުރުން، ހީނުކުރާފަދަ ނުރައްކާތެރި މިސްރާބަކަށް ވާހަކަ ބަދަލުވެގެންދާ މަންޒަރާއި ބަދަލުހިފުމުގެ އުނދަގޫ އިޙުސާސްތައް މި ކުރު ވީޑިއޯއިން ދައްކުވައިދެއެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެންނާނެ ސުބްހާންއަކީ ސާޖިދު ނަދިއާޑްވާލާ އަދި ވަރްދާ ނަދިއާޑްވާލާގެ ފިރިހެން ދަރިފުޅެވެ. އަދި އޭނާއާއެކު އަންހެން ލީޑް ރޯލުން ފެންނާނީ މަޝްހޫރު ޓީވީ އަދި ފިލްމީ ތަރިން ކަމަށްވާ ރޯހިތު ރޯއީ އަދި މާންސީ ޖޯޝީ ރޯއީގެ އަންހެން ދަރިފުޅު ކިއާރާ ބޯސް ރޯއީ (އައިރާ) އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި ފިލްމަށް ނަން ދީފައިވަނީ 1992 ވަނަ އަހަރު ނުކުތް މަޤުބޫލު ފިލްމު “ދީވާނާ” ގައި ޝާހްރުކް ޚާން އަދި ސުބްހާންގެ ކުރީގެ ދޮންމަންމަ، ދިވްޔާ ބާރްތީ އެކުގައި ފެނިގެންދިޔަ މަޝްހޫރު ލަވަ “އޭސީ ދީވާންގީ ދޭކީ ނެހީ ކަހީން” އަށް ނިސްބަތްކޮށެވެ.

މިވެސް ކިޔާލަން:  އޭ މެރޭ ހަމްސަފަރް، އެކް ޒަރާ އިންތިޒާރް – ދިވެހި މާނަ

މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށް، ލަވަތައް ކިޔައިދެނީ އަމާލް މަލިކްއެވެ. އަދި ލަވަތަކުގެ ޅެން ލިޔެފައިވަނީ ކުނާލް ވަރްމާއެވެ.

ލޯތްބާއި ބަދަލުހިފުމުގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 9 ޖުލައި 2027 ގައެވެ.

މި ފިލްމުގެ ޑައިރެކްޓަރު ޝަޝާންކް އެންމެ ފަހުން ގެނެސްދީފައިވަނީ ވަރުން ދަވަން އަދި ޖާންވީ ކަޕޫރު ލީޑް ރޯލު ކުޅުނު “ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ” އެވެ. އެ ފިލްމަކީ 2 އޮކްޓޫބަރު 2025 ގައި ސިނަމާތަކަށް ނެރުނު ފިލްމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top