ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތެޔޮ ނާޅައި ދުއްވާ މަތިންދާބޯޓު ޗައިނާއިން ކާމިޔާބުކަމާއެކު ދުއްވައިފި

ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނުވާނެ ފަދަ ޓެކްނޮލޮޖީއަކާއެކު، ތެލުގެ ބަދަލުގައި އެއްކޮށް ކަރަންޓުން ދުއްވާ ބޮޑު މަތިންދާބޯޓެއް އުފައްދައި، އޭގެ ފުރަތަމަ ޓެސްޓް ދަތުރު ޗައިނާއިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ.

މި މަތިންދާބޯޓަކީ މިހާތަނަށް ދުނިޔޭގައި އުފެއްދި، ޕައިލެޓުން ތިބެގެން ދުއްވި މިފަދަ އެންމެ ބޮޑު އިލެކްޓްރިކް މަތިންދާބޯޓެވެ. ޖުމްލަ 10 ޓަނުގެ ބަރުދަން ހުރި މި ކޮމާޝަލް މަތިންދާބޯޓުގެ ފުރަތަމަ ޓެސްޓު އުދުހުން ބާއްވާފައިވަނީ ޗައިނާގެ ވައިގެ ސަރަހައްދުގައެވެ. މި ތާރީޚީ ދަތުރުގައި ބޯޓު ކޮންޓްރޯލްކޮށްފައިވަނީ ތަމްރީނު ލިބިފައިވާ ޕައިލެޓުންނެވެ.

މި މަތިންދާބޯޓު އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމާއި، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ނައްތާލުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމެވެ. ޢާންމުކޮށް ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ޖައްވަށް ދޫކުރާ ވިހަ ކާބަންގެ މިންވަރު މަދުކުރުމަށް މި އުފެއްދުމުގެ ސަބަބުން ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް މާހިރުން ބުނެއެވެ.

ޗައިނާއިން އުފެއްދި މި ބޯޓު ޚާއްޞަކޮށްފައިވަނީ ކުރު ރާސްތާގެ ދަތުރުތަކަށާއި މުދާ އުފުލުމުގެ އިތުރުން ވިޔަފާރި އުދުހުންތަކަށެވެ. އެގޮތުން ބޯޓުގައި އަޅާފައިވާ ބާރުގަދަ ބެޓެރި ސިސްޓަމްގެ އެހީގައި އެއްވެސް ތެލެއް ބޭނުންނުކޮށް، ދުން ބޭރުނުވާ ގޮތަށް ގިނަ އަދަދެއްގެ މީހުންނާއި މުދާ އެއްތަނުން އަނެއްތަނަށް އުފުލުމުގެ ޤާބިލުކަން މި ބޯޓަށް ލިބިފައިވެއެވެ.

މިއީ ޗައިނާގެ އޭވިއޭޝަން ސިނާއަތުން ހޯދި ބޮޑު ކުރިއެރުމެއްގެ އިތުރުން، ދުނިޔޭގެ ގްރީން ޓެކްނޮލޮޖީގެ މައިދާނުގައި އެ ޤައުމުން ހޯދި މުހިންމު ކާމިޔާބީއެއްގެ ގޮތުގައި މީޑިއާތަކުން ދަނީ ސިފަކުރަމުންނެވެ. މި ބޯޓުގެ އިތުރު ޓެސްޓުތައް ފުރިހަމަކުރުމަށްފަހު، ކުރިއަށް އޮތް އަހަރުތަކުގައި ރަސްމީ ދަތުރުތަކަށް ބޯޓު ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ.

މިވެސް ކިޔާލަން:  މީހެއްގެ ލޮލުން، ދިރުންހުރި 20 ފަނި ނަގައިފި
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top