ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ފޯސް 3” ގެ ޚާއްސަ ލަވައަކުން ޖޯން އަބްރަހަމްއާއެކު ނޯރާ ފަތޭހީ
ގޫގުލް

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯން އަބްރަހަމްގެ ކާމިޔާބު އެކްޝަން ފްރެންޗައިޒް “ފޯސް” ގެ ތިންވަނަ ފިލްމު، “ފޯސް 3” ގެ ޚާއްސަ ލަވައަކުން މަޤުބޫލު ނެށުންތެރިޔާ އަދި ބަތަލާ ނޯރާ ފަތޭހީ ފެނިގެންދާނެކަން ހާމަވެއްޖެއެވެ.

ބޮލީވުޑް ހަންގާމާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ނޯރާ އާއި ޖޯން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ދެ ތަރިން އެކުގައި ފެނިގެން ގޮސްފައިވާ “ދިލްބަރް”، “އޯ ސާކީ ސާކީ” އަދި “ކުސޫ ކުސޫ” ފަދަ ލަވަތަކަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދި ލަވަތަކެކެވެ.

ޚަބަރުތައް ބުނާގޮތުން، މި ފިލްމުގައި ހިމެނޭ މި ޚާއްސަ ލަވަ ވެގެންދާނީ ފޯރިގަދަ އަދި ގިނަ ބައެއްގެ ސަމާލުކަން ހޯދާނެ ފަދަ މިއުޒިކަލް މަންޒަރުތަކެއް ހިމެނޭ، ބޮޑު ޚަރަދެއް ކޮށްގެން އުފައްދާ ލަވައަކަށެވެ. މިއީ އެކްޝަން ފިލްމުތަކަށް ލޯބިކުރާ އާންމު ބެލުންތެރިންގެ ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި ހިމަނާ ލަވައެއް ކަމަށް މަސްދަރުތަކުން ބުނެއެވެ.

މި ފިލްމުގައިވެސް ޖޯން އަބްރަހަމް ފެނިގެންދާނީ ކުރީގެ ބައިތަކެކޭ އެއްފަދައިން އޭސީޕީ ޔަޝްވަރްދަން ސިންގްގެ ރޯލުންނެވެ. ޖޯންގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ހަރްޝްވަރްދަން ރާނޭ، ތާނިޔާ މަނިކްތަލާ އަދި ސޫރްޔާ ޝަރުމާ ފެނިގެންދާނެއެވެ.

“ފޯސް” ފްރެންޗައިޒްގެ ފުރަތަމަ ފިލްމު 2011 ވަނަ އަހަރު ނެރުނުއިރު، ދެވަނަ ބައި ނެރެފައިވަނީ 2016 ގައެވެ. މިހާރު ޝޫޓިންގ ކުރިއަށްދާ “ފޯސް 3” ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ 19 މާރިޗު 2027 ގައެވެ.

މިވެސް ކިޔާލަން:  ރިތިކް "ވިކްރަމް ވޭދާ" ގެ ޝޫޓިންގ ފަށައިފި

ޖޯން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2025 ވަނަ އަހަރު ނެރުނު ފިލްމު “ތެހެރާން” އިންނެވެ. އަދި ނޯރާ އެންމެ ފަހުން ފެނިފައިވަނީ 2026 ގެ ފިލްމު “ޖެއިލަރ 2” އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top