ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ކްރޭންބެރީ އޮރެންޖް މަފިން – މުނިއަވަސް ރަހަފަތް
މުނިއަވަސް ގްރެފިކްސް

⏱️ ތައްޔާރުކުރުމަށް ހޭދަވާ ވަގުތު: 10 މިނެޓް
⏱️ ފިހުމަށް ހޭދަވާ ވަގުތު: 30 މިނެޓް
⏱️ ޖުމްލަ ހޭދަވާ ވަގުތު: 40 މިނެޓް
🍽️ ތައްޔާރުކުރެވޭ މިންވަރު: 12 މަފިން

🛒 ބޭނުންވާ ތަކެތި:

ހިކި ތަކެތި:

● 2 ޖޯޑު އާމަންޑް ފްލާ
● ⅔ ޖޯޑު ޓެޕިއޯކާ ފްލާ
● ¼ ޖޯޑު ކޮކޮނަޓް ފްލާ
● 1 ސައިސަމުސާ ބޭކިން ސޯޑާ
● ½ ސައިސަމުސާ ލޮނު
● 1 ½ ޖޯޑު ތާޒާ ކްރޭންބެރީ

ދިޔާ ތަކެތި:

● 2 ބިސް (ކޮޓަރީގެ ފިނިހޫނުމިނުގައި ހުރި)
● ⅓ ޖޯޑު ތާޒާ އޮރެންޖް ޖޫސް
● 1 ސައިސަމުސާ އޮރެންޖް ތޮށި (ގާނާފައި ހުރި)
● ⅔ ޖޯޑު މޭޕަލް ސިރަޕް
● ¼ ޖޯޑު ކޮކޮނަޓް އޮއިލް (ދިޔާކޮށްފައި)
● 1 ސައިސަމުސާ ވެނީލާ އެސެންސް

👩‍🍳 ތައްޔާރުކުރާނެ ގޮތް:

1 – އަވަން 175 ޑިގްރީ ސެލްސިއަސް (350 ޑިގްރީ ފެރަންހައިޓް) އަށް ހޫނުކުރަން ޖައްސާށެވެ. އަދި މަފިން ޓްރޭގައި ކަރުދާސް އަތުރާލާށެވެ.

2 – ބޮޑު ތަށްޓެއްގައި ކްރޭންބެރީ ފިޔަވައި ބާކީ ހުރި ހިކި ތަކެތި އެއްކޮށްލާށެވެ.

3 – ވަކި ތަށްޓެއްގައި ދިޔާ ތަކެތި އެއްކޮށްލުމަށްފަހު، ހިކި ތަކެތީގެ ތެރެއަށް އޮއްސާލައި، ގާތްގަނޑަކަށް 30 ސިކުންތު ވަންދެން ރަނގަޅަށް އެއްކޮށްލާށެވެ.

4 – ފުށްގަނޑުގެ ތެރެއަށް ކްރޭންބެރީތައް އަޅައި މަޑުމަޑުން އެއްކޮށްލާށެވެ. ބޭނުންނަމަ މަފިންތަކުގެ މައްޗަށް އެޅުމަށް މަދު ކްރޭންބެރީކޮޅެއް ބެހެއްޓިދާނެއެވެ.

5 – ތައްޔާރުކުރި ފުށްގަނޑު 12 މަފިން ތަށްޓަށް އެއްވަރަކަށް ބަހާލާށެވެ. ކޮންމެ ތަށްޓެއްގެ ގާތްގަނޑަކަށް %85 އާއި %90 އާ ދެމެދުގެ މިންވަރަކަށް ފުރާލަންވާނެއެވެ. (ނޯޓް: މިއީ މާ ބޮޑަށް ފުފޭނެ މަފިންތަކެއް ނޫނެވެ. މާ ބޮޑަށް ފުފެން ބޭނުންނަމަ 10 ތަށްޓަށް ފުށްގަނޑު ބަހާލާށެވެ.)

6 – 28 މިނެޓާއި 33 މިނެޓާ ދެމެދުގެ ވަގުތަކަށް ފިހެލާށެވެ. މަފިންގެ މަތީބައި ރަން މުށިކުލަ އަރައި، ދަތްކޮށްޓާ އިލޮށިކޮޅެއް ހަރާލުމުން އޭގައި ފުށް ނުހޭކި ހުންނާނެ ވަރަށް ފިހަންވާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top