ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފައިނަލްގެ ފުރަތަމަ ޖާގަ އަޒިއޯން ހޯދައިފި
މަހިބަދޫ ޔޫތު ފުޓްބޯލް - އެފްބީ

އދ. މަހިބަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ، މަހިބަދޫ ޒުވާނުންގެ 23 ވަނަ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސްޕޯރޓިންގް އަޒިއޯން ހޯދައިފި އެވެ.

މި މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު މި މަހު 25 ގައި ކުޅެފައިވާ ވާއިރު، ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗު ވަނީ މައްސަލަތަކެއް ދިމާވެ ހުއްޓާލަން ޖެހިފަ އެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗާއި ހަމައަށް އައިއިރު ވެސް އެ މެޗާއިމެދު ފައިނަލް ނިންމުމެއް ނިންމާފައި ނުވެ އެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގުރޫޕްގެ ބީގެ އެއްވަނަ ހޯދި ސްޕޯރޓިންގް އަޒިއޯން އާއި ގުރޫޕް އޭގެ ދެވަނަ ހޯދި އަޒިއޯން ޖޫނިއާރ އެވެ. ފަސޭހަކަމާއިއެކު ސްޕޯރޓިންގް އަޒިއޯންއިން ވަނީ މި މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފަ އެވެ.

ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނު ސްޕޯރޓިންގް އަޒިއޯންއިން މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ 18 ވަނަ މިނިޓްގައި ސާދު އަބްދުލްއަޒީޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ލެބް ހެފަޗާ އެވެ. ސްޕޯރޓިންގް އަޒިއޯންގެ ފުރަތަމަ ލަނޑަށްފަހު އަޒިއޯން ޖޫނިއާރއިން ވަނީ ކުޅުން ރަނގަޅުކޮށް ސްޕޯރޓިންގް އަޒިއޯންގެ ހަމަލާތައް ހުއްޓުވުމުގައި 41 ވަނަ މިނިޓާއި ހަމައަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ސްޕޯރޓިންގް އަޒިއޯންއިން ލީޑު ފުޅާކުރި ލަނޑު 41 ވަނަ މިނިޓްގައި ސާދު އަބްދުލްއަޒީޒް ޖެހީ އާދަމް ނާއިލް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ފުރަތަމަ ހާފުގައި ސްޕޯރޓިންގް އަޒިއޯންއިން ހަތަރު ލަނޑު ޖެހިއިރު، ފަހު ދެ ލަނޑު ޖެހީ ހާފުގެ އިތުރު ވަގުތުގައި ލެބް ހެފަޗާ އާއި އާދަމް ނާއިލް އެވެ.

މިވެސް ކިޔާލަން:  ފަހު ވަގުތު އެންޓީއިން އެއްވަރުކޮށްފި

ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ގެންގުޅެ މޮޅަށް ކުޅުނީ ސްޕޯރޓިންގް އަޒިއޯންއިން ނެވެ. ދެވަނަ ހާފުގެ ކުރީކޮޅު ސާދު އަބްދުލްއަޒީޒް ވަނީ ސްޕޯރޓިންގް އަޒިއޯންގެ ފަސްވަނަ ލަނޑު ޖަހައިދީފަ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އަޒިއޯން ޖޫނިއާރގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހޯދި ބޯޅައެއް ހިފައިގެން އޭރިޔާތެރެއަށް ވަދެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މި މެޗުގައި އަޒިއޯން ޖޫނިއާރއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމުން ޖަހާފައިވަނީ މެޗުގެ 55 ވަނަ މިނިޓްގައި މުޙައްމަދު ޝަރުފާން އެވެ. ގިނަ ބަދަލުތަކެއް ފެނުނު މި މެޗުގެ 63 ވަނަ މިނިޓްގައި ސްޕޯރޓިންގް އަޒިއޯންއިން އުފެއްދި ހަމަލާއެއް، އަޒިއޯން ޖޫނިއާރގެ ކުޅުންތެރިން ދިފާއުކުރި ވަގުތު ހޯދައި، އެއްފަހަރުން ގޯލުގެތެރެއަށް ފޮނުވާލައިގެން މޫސާ ސިރާތު ވަނީ ސްޕޯރޓިންގް އަޒިއޯންގެ ހަވަނަ ލަނޑު ޖަހައިދީފަ އެވެ. ސްޕޯރޓިންގް އަޒިއޯންއިން އެ ޓީމުގެ ހަތްވަނަ ލަނޑު ޖެހީ 69 ވަނަ މިނިޓްގައި އާދަމް ނާއިލް އެވެ.

7-1 އިން މެޗު ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ސްޕޯރޓިންގް އަޒިއޯންއިން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޕޯރޓިންގް އަޒިއޯންގެ ލެބް ހެފަޗާ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top