އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީސެއްގައި ވެއެވެ.

((ثَلاثُ دَعَوَاتٍمُسْتَجَابَاتٌ ، لا يُشَكُّ فِيهِنَّ : وَدَعْوَةُالْمَظْلُومِ دَعْوَةُ الْوَالِدِ على ولده ، وَدَعْوَةُالْمُسَافِرِ ، “ )) – رواه الترمزي

މާނަ : ” ތިން ދުޢާއެއް އިޖާބަވުމާއިމެދުގައި ޝައްކެއްނެތެވެ. (އެއީ) އަނިޔާ ލިބިގެންވާ މީހާގެ ދުޢާއާއި ބައްޕަ ދަރިންގެ މައްޗަށްކުރާ ދުޢާއާއި ދަތުރުވެރިޔާގެ ދުޢާއެވެ. “

 

ތިބާގެ ދަރިންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވުން އެދި ދުޢާކުރަންހެއްޔެވެ؟ ތިރީގައި މިވަނީ ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާއެވެ.

 

بسم الله الرحمن الرحيم, وَالحَمْدُ لله حَمْدًا كَثِيرًا طِيبًا مُبَارَكًافِيهُ كَمَا يُحِبُّ رَبُّنَا وَيَرْضَى, الحَمْدُ لله الَّذِي هَدَّأْنَا لِهَذَا, وَمَاكُنَّا لِنَهْتَدِيَ لُولَا أَنْ هَدَانَا اللهُ اَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَىآلِ مُحَمَّدٍ, كَمَا صَلَّيْتُ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ, وَبِأَرَكَّعَلَى مُحَمَّدٍ, وَعَلَى آلِ مُحَمَّدٍ, كَمَا بَارَكْتُ عَلَى إِبْرَاهِيمَ, وَعَلَىآلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مُجِيدٌ

 

ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ. މި އަޅާގެ ދަރިންނަށް ހިދާޔަތާއި ތަޤްވާވެރިކަމާއި ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤް ދެއްވާނދޭވެ. މަޝްރިޤާއި މަޣްރިބު ދުރުކުރެއްވި ފަދައިން މި އަޅާގެ ދަރިންނާއި އެ ދަރިންގެ ފާފަތަކާއި ދުރުކުރައްވާނދޭވެ. ކަށްވަޅުގެ އަޒާބުންނާއި ނަރަކައިގެ އަޒާބުން މި އަޅާގެ ދަރިން ރައްކާތެރިކުރައްވާނދޭވެ. ޖަންނަތުލް ފިރްދައުސް ގެ އަހުލުވެރިންކަމުގައި މި އަޅާގެ ދަރިން ލައްވާނދޭވެ.

 

މި އަޅާގެ ދަރިންގެ ހިތުގައި އިނބަ އިލާހު ގެ ކަލާމްފުޅު ޖަމަޢަކުރައްވާނދޭވެ. ދަރިންގެ ހިތް އަލިކުރައްވައި ދަރިންގެ ހިތުގައި ނޫރެއް ލައްވާނދޭވެ. ދަރިންގެ ހިތް ތަނަވަސް ކުރައްވާ، ދޫ ފަސޭހަ ކުރައްވާ، ދަރިންގެ ފަޞާޙާތްތެރިކަން އިތުރު ކުރައްވާނދޭވެ. ދަރިންގެ ހުވަފެންތައް ހަޤީޤަތަކަށް ހައްދަވާނދޭވެ. ދަރިންގެ އެންމެހާ ކަންކަން ފަސޭހަ ކުރައްވާ، މުސްތަޤްބަލް އުޖާލާ ކުރައްވާނދޭވެ. ހަސަދަވެރިންގެ ހަސަދަޔާއި އެސްފީނާގެ ނުބައިކަމުން މިއަޅާގެ ދަރިން ރައްކާތެރިކުރައްވާނދޭވެ. ސިހުރާއި މުޞީބާތްތަކުން މިއަޅާގެ ދަރިން ރައްކާތެރިކުރައްވާނދޭވެ.

 

ދަރިންގެ ޢުމުރުގައި ބަރަކާތް ލައްވާނދޭވެ. ދަރިންގެ ތަޢުލީމީ ޙަޔާތުގައި ބަރަކާތް ލައްވާނދޭވެ. މި އަޅާގެ ދަރިންނަށް ކޮންމެ ކަމެއްގައިވެސް އިބަ އިލާހުގެ ތައުފީޤާއި ނަޞްރާއި ކާމިޔާބު މިންވަރު ކުރައްވާނދޭވެ.

 

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. މި އަޅާގެ ދަރިންގެ އެންމެހާ ހިތާމަތަކާއި ކަންބޮޑުވުންތައް ފިލުއްވާނދޭވެ. ދަރިންގެ ހިތުގެ ރަބީޢުގައި ޤުރުއާންކަމުގައި ލައްވާނދޭވެ.

 

މިއަޅާގެ ދަރިންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ދެއްވާނދޭވެ.

 

والحمدلله رب العالمين والصلاة والسلام على أشرف المرسلين سيدنامحمد النّبي الأمين وعلى آلهِ وصحبه أجمعين