އުމުރުން އެންމެ ހަތަރު އަހަރުގެ ކުޑަކުއްޖެއްގެ ސުވާލުން އިލްހާމު ވެގެން ހަނދުގައި ހަނދު ހުންނާނެތޯ ދިރާސާތައް ކުރުމުގެ މަސައްކަތްތައް ފެށިއްޖެ އެވެ.

 

ކާރނިގީ އޮބްޒަރވޭޓަރީ އެންޑް ލެބޯރަޓްއަރ ޑަސްޓްރޯފިޒީކް ޑި ބޯޑޯކްސް އިން އަންނަނީ ހަނދުގައި ހަނދެއް ހުރެދާނެތޯ ދިރާސާތައް ކުރުގެ މަސައްކަތް ފަށައި، އެކަން އެގޮތަށް ވެދާނެ ގޮތަކީ ކޮބައިތޯ އަންނަނީ ބަލަމުންނެވެ. މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު، އާކްޒިވް ގައި ޝާއިޢުކޮށްފައިވާ ޕްރީޕްރިންޓް ދިރާސާ ކަރުދާހެއްގައި ބުނީ، ހަނދުގައި ވެސް ހަނދު ހުރުމަކީ މުންކިން ކަމެއް ކަމަށެވެ. އަދި އެއަށް ‘ސަބްމޫންސް’ ނުވަތަ ‘މޫންމޫންސް’ ކިޔިދާނެ ކަމަށާއި އަދި ދުނިޔެއަށް ފެންނަން މިހުންނަ ހަނދުގައިވެސް ހަނދެއް ހުރުމަކީ ވުން ގާތްކަމެއް ކަމަށްވެސް އެ ކަރުދާހުގައި ބުނެއެވެ.

 

“2014 ވަނަ އަހަރު އެންމެ ހަތަރު އަހަރަށްދާ އަހަރެންގެ ފިރިހެން ދަރިފުޅު، އަހައިފި ހަނދަށް ވެސް ހަންދެއް ހުންނާނެހޭ، އެހެންވެގެން އަހަރެންގެ ދިރާސާ ލިޔުމަށް ދިނީ މި ސުރުޚީ. ދަރިފުޅުގެ ސުވާލުން އަހަންނަށް ކުޑަކޮށް ނަމަވެސް ސިހުމެއް ލިބުނު، ސަބަބަކީ ހަނދުގެ ވަށައިގެން ދައުރާނަ ކުރާނެ ސެޓްލައިޓް އަހަރުމެންނަށް ބެހެއްޓޭ، އަދި އަހަރެމެންނަށް އެބައެނގޭ އަހަރެމެންގެ ސޯލާ ސިސްޓަމުގެ އެއްވެސް ހަނދެއްގެ ވަށައިގެން ދައުރާނަވާ އެއްވެސް ހަނދެއް ނުހުންނަކަން.” ކަރނީޖް ލެބޯރަޓަރީގެ އެސްޓްރޯފިޒިސިސްޓް އަދި މި ދިރާސީ ކަރުދާހުގެ ލިޔުންތެރިޔާ ޖޫނާ ކޮލްމިއަރ ބުންޏެވެ.

 

ހަނދުގެ ވަށައިގެން ދައުރާނަވާ އެއްވެސް ހަނދެއް ހުނަންކަން އަދި މިހައިތަނަށް ވަނީ ނުހޯދި އެވެ. އެހެންކަމުން އެގޮތަށް ހަނދެއް ހުރިނަމަ، ނުވަތަ ހޯދިއްޖެ ނަމަ، ކިޔާނެ ރަސްމީ ނަމެއް އަދި ވަނީ ހަމަނުޖެހިއެވެ. ކޮލްމިއަރގެ ކަރުދާހުގައި އޭނާ އާއި އެ މަސައްކަތުގައި ބައިވެރިވާ އަނެއް ލިޔުންތެރިޔާ ސީން ރޭމަންޑް، އެފަދަ ހަނދުތަކަށް ދީފައިވާ ނަމަކީ “ސަބްމޫންސް” އެވެ. އެހެންނަމަވެސް، ބައެއް އެހެން މީހުން ބުނަނީ އެފަދަ ހަނދެއް ފެނިއްޖެނަމަ އެއަށް ކިޔަން އެންމެ ރަނގަޅީ “މޫންމޫން” އެވެ. ކޮލްމިއަރ ބުނީ އޭނާގެ އާއިލާ މެންބަރުންގެ ޚިޔާލުވެސް ވަނީ މިކަމުގައި ދެބަޔަކަށް ބެހިފައި ކަމަށެވެ. އޭނާގެ އެއް ފިރިހެން ދަރިއެއް ބުރަވަނީ “ސަބްމޫން” ކިޔުމަށެވެ. އަނެއްބައި ކުދިން ބުރަވަނީ ‘މޫންމޫން” ކިޔުމަށެވެ.

 

އެސްޓްރޯފިޒިސިސްޓުންނަށް ވަނީ އަހަރެމެންގެ ސޯލާ ސިސްޓަމުން ހަތަރު ހަނދެއް ފެނިފައެވެ. އެއީ ޖުޕިޓަރގެ ހަނދު ކެލިސްޓޯ، ދުނިޔޭގެ ހަނދު، އަދި ސެޓަރން ގައި ހުންނަ ދެ ހަނދުކަމަށްވާ ޓައިޓަސް އާއި އައަޕެޓަސް އެވެ.

 

ކޮންމެއަކަސް، ކުޑަކުއްޖަކު ކުރި ސުވާލުން، އިލްހާމުވެ، އިތުރު ދިރާސާތައް ކޮށްގެން ހަނދުގައި ހަނދެއް ހުއްޓައި ނުވަތަ ކުރިން ހުރިކަން ހޯދުމަށް މިހާރު މިވަނީ މަސައްކަތް ފެށިފައެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.