ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން މުހިންމު އެލަރޓުތައް ފޮނުވާ ޕަބްލިކް ވައިބަރ ޗެޓެއް މެޓް އޮފީހުން ތަޢާރަފުކޮށްފި އެވެ.
ރާއްޖޭގެ މޫސުމަށް އަންނަ ކުއްލި ބަދަލުތަކާ ގުޅޭ މުހިންމު އެލަރޓުތައް ފޯރުކޮށްދިނުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ ތަޢާރަފުކުރި އާއްމު ވައިބަރ ގްރޫޕާއި ބެހޭގޮތުން ބުނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ވައިބަރ ޕަބްލިކް ޗެޓެއް އުފެއްދީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލާއި ކުއްލި އެލަރޓުތައް ވީހާވެސް އަވަހަށް ގިނަ ރައްޔިތުންނަށް އެއްފަހަރާ ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
މި ވައިބަރ ގްރޫޕު މެދުވެރިކޮށް މޫސުމީ ގޮތުން އަންނަ އެލަރޓްތަކާއި، ބިންހެލުންތަކާއި ސުނާމީ ފަދަ ކާރިޘާ ތަކުގެ މަޢުލޫމާތު ވީހާވެސް އަވަހަކަށް ފޯރުކޮށްދޭނެކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

ގްރޫޕްގައި ބައިވެރިވުމަށް ކިޔުއާރް ކޯޑް ސްކޭންކޮށްލައްވާ
“MV_WeatherAlertService” in mauloomaathu libivadaigannavaanee thireegaimivaa linkun:https://t.co/jVN4MpAbFU
— Maldives Meteorology (@MetMaldives) October 19, 2018
މެޓް އޮފީހުގެ ޕަބްލިކް ޗެޓްގައި ބައިވެރިވުމަށް ތިރީގައިވާ ލިންކުން ނުވަތަ މަތީގައިވާ ފޮޓޯގައިވާ ’ކިޔުއާރް ކޯޑް‘ ސްކޭންކޮށްގެން ކުރިއަށް ގެންދެވިދާނެ އެވެ.
މިހާތަނަށް މޫސުމާބެހޭ ޤައުމީ އިދާރާއިން މޫސުމާ ގުޅޭ މަޢުލޫމާތުތައް ފޯރުކޮށްދެމުން އައީ މެޓް އޮފީހުގެ ޓްވިޓާރ އަދި ފޭސްބުކް އެކައުންޓުތައް މެދުވެރިކޮށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




