ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިރާގު “އެޕްރެންޓައިސްޝިޕް ޕްރޮގްރާމް 2018” އަށް ފުރުޞަތު!

އޭލެވެލް އިމްތިހާނު ނިންމާފައިވާ ފަރާތްތަކާއި ޑިގްރީ އަދި މާސްޓަރސް ހަދާފައިވާ ފަރާތްތަކުގެ ތެރެއިން މަސައްކަތުގެ ތަޖުރިބާއެއް ލިބިފައިނުވާ ފަރާތްތަކަށް ދިރާގުގެ “އެޕްރެންޓައިސްޝިޕް ޕްރޮގްރާމް 2018” އަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

 

ދިރާގުން ބުނީ “ދިރާގު އެޕްރެންޓައިސްޝިޕް ޕްރޮގްރާމް 2018” ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސީވީ އާއި ކަމާގުޅޭ ލިޔެކިޔުންތަކާއެކު މި ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު 1400 ން 1700 މިނެޓާއި ދެމެދުގެ ވަގުތެއްގައި މާލޭގައި ހުންނަ ދިރާގުގެ ހެޑް އޮފީހަށް ނުވަތަ ދިރާގުގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރަކަށް ‘ވޯކް-އިން އިންޓަރވިއު’ އަށް ހާޒިރުވުމަށެވެ.

 

މި ޕްރޮގްރާމުގައި ދިރާގުގެ އެޑްމިން، ސޭލްސް، އެޗްއާރް، މާކެޓިންގ ފައިނޭންސް، ނެޓްވޯރކްސް، އިންފޮމޭޝަން ސިސްޓަމްސް ނުވަތަ ކަސްޓަމަރ ސޮލިއުޝަންސް ދާއިރާ ތަކުން ތަޖްރިބާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. މިއީ އާމްދަނީއެއް ހޯދަމުން، ތަޖްރިބާކާރު ފަރާތްތަކުގެ އިރުޝާދާއިއެކު މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބިގެންދާނެ ޕްރޮގްރާމެކެވެ.

 

މިއީ އޭލެވެލް އިމްތިހާނު ނިންމާފައިވާ ދަރިވަރުން، ދިރާގުގެ މަސައްކަތްތައް ދަސްކޮށް، ޢަމަލީ ތަޖުރިބާ ހޯދުމަށް ހުޅުވާލެވިފައިވާ ރަނުގެ ފުރުޞަތެއްކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top