މާލެ ފިޔަވައި ރާއްޖޭގެ ރަށެއްގައި ކަކުލުހުޅު ބަދަލުކުރުމަށް ކުރި ސާރޖަރީ ފޭސްބްކް ލައިވްކޮށް ވަނީ ދައްކާލާފައެވެ. 01:37 މިނެޓްގެ ދިގު ވީޑިއޯ އިން ދައްކައިދެނީ ކާމިޔާބުކަމާއެކު ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މިމަހުގެ 15 ވަނަ ދުވަހު ކުރެވުނު ސާރޖަރީގެ ވީޑިއޯ އެވެ.
އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ދެ އޮޕަރޭޝަނެއް ކުރެވުނުއިރު ޑޮކްޓަރުންވަނީ އޮޕަރޭޝަންގެ ބައެއް ވީޑިއޯތައް ފޭސްބުކުން ހިއްސާކޮށްފައެވެ. ނަމަވެސް އެ ހޮސްޕިޓަލުގައި ކުރެވުނު ދެ ވަނަ އޮޕަރޭޝަންވަނީ ވަގުތުން ލައިވްކޮށްފައެވެ.
ސަމާލުކަމަށް: ހިތްބަލިމީހުން މި ވީޑިއޯ ނުބެއްލެވުން އެދެން.
ދެ އަންހެނެއްގެ ކަކުލުހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން ޑރ އައްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އިއްޔެ ކުރެވުނު އިރު މެޑިކަލް ޓީމްގައި އިސްކޮށް ހުންނެވީ ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު އަލީ މުޒްނީއެވެ. މީގެ އިތުރުން މި ޓީމްގައި ޑރ އިސްމާއިލް ޒާހިރުއާއި ޑރ އަހުމަދު އާޒިމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
