ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިބޫގެ ކެރެކްޓަރާއެކު މާކަނާ ޝޯ ރާއްޖެ ޓީވީއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެރެކްޓަރ ހިމަނައިގެން ސެލްމިން ސްޓޫޑިއޯ އިން އުފައްދާ އެނިމޭޓެޑް ސީރީޒް މާކަނާ ޝޯ ރާއްޖެ ޓީވީއިން ދެއްކުމަށް ނިންމައިފި އެވެ.

 

ރާއްޖެ ޓީވީން މާކަނާ ޝޯ ގެނެސްދިނުމަށް ރޭ ވަނީ ސޮއިކޮށްފައެވެ. ރާއްޖެޓީވީއިން މާކަނާ ޝޯގެ 13 ވަނަ ސީޒަން ދައްކަން ފަށާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

 

މާކަނާ ޝޯއަކީ ސިޔާސީ ބޭފުޅުން ކުރައްވާފައިވާ ކަންތައްތައް ހެއްވާ މަޖާ ގޮތަކަށް ޓޯކް ޝޯއެއް ގޮތަށް ގެނެސްދެމުންދާ ޝޯއެކެވެ. މި ޝޯގައި ރާއްޖޭގައި މިހާތަނަށް ވެރިކަން ކުރެއްވި ބޭފުޅުންގެ ކެރެކްޓަރ ތައް ގެނެސްދީފައި ވެއެވެ. 

 

ރާއްޖެ ޓީވީން އަލަށް ދައްކަން ފަށާ އެޕިސޯޑުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެރެކްޓާ ހިމަނާފައިވާއިރު ރައީސް އިބޫއަށް ދީފައިވާ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެ ޓީވީން މީގެ ކުރިންވެސް މި ޝޯ ގެނެސްދީފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top