ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ވިޝްކާ” އަނެއްކާވެސް ސިނަމާތަކަށް

އައިޝަތު ރިޝްމީގެ ކާމިޔާބު ފިލްމު، ޔާރާ ޕްރޮޑަކްޝަންސްގެ ކާމިޔާބު ފިލްމު “ވިޝްކާ” އަނެއްކާވެސް ސިނަމާތަކުގައި އެޅުވުމަށް ތައްޔާރުވެއްޖެ އެވެ.

 

އައިޝަތު ރިޝްމީ އޭނާގެ އިންސްޓްގްރާމް ސްޓޯރީގައި ބުނެފައިވަނީ އަނެއްކާވެސް “ވިޝްކާ” ދެއްކުމަށް ހަމަޖެހިފައިވާކަމަށާއި މި މަހު ފިލްމު ދައްކާނެ ކަމަށެވެ. ރިޝްމީ ބުނީ ފިލް ދައްކާނީ ހުޅުމާލޭގެ ޝްވެކް ސިނަމާގައި ކަމަށެވެ. ނަމަވެސް ފިލްމު ދައްކާނެ ތާރީޚެއް ބުނެފައެއް ނުވެއެވެ. ބަތަލާ ރިޝްމީ ޕްރޮޑިއުސްކޮށް ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ “ވިޝްކާ” ގެ ލީޑުން ފެނިގެންދަނީވެސް މި ދެފަންނާނުން ނެވެ. މިދިޔަ އަހަރު ވެސް މި ފިލްމު ސްކްރީނުތަކަށް ނެރެ ހައުސްފުލް ޝޯތަކެއް ވަނީ ދައްކާފަ އެވެ.

 

“ވިޝްކާ” އަަށް ވަނީ 2017 ވަނަ އަހަރުގެ ސާކް ފިލްމު ފެސްޓިވަލް އިން އެއްމެ މޮޅު އެކްޓްރެސް ގެ މަޤާމު ރިޝްމީ ހޯދާފައެވެ. ކްރައިމް ޑްރާމާއެއްގެ ގޮތުގައި ފެނިގެން ދިޔަ މި ފިލްމަކީ ވަރަށް “ޑާކް” ފިލްމެކެވެ. ފިލްމުގެ ޓައިޓްލް ރޯލުން ފެނިގެން ގޮސްފައިވަނީ ރިޝްމީ ރަޒީމެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top