ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ހުވާ” ދައްކަން ފަށައިފި

ފާތުމަތު ނަހުލާ ގެނެސްދޭ ވެބް ސީރީޒް “ހުވާ” ދައްކަން ފަށައިފި އެވެ. “ހުވާ” ގެ ފުރަތަމަ އެޕިސޯޑް ބައިސްކޯފު އެޕުން ރޭ 2200 ގައި ވަނީ ދައްކާފައެވެ.

 

“ހުވާ” އަކީ ހުރިހާ ރަހަތަކެއް ހިމެނޭ ގޮތަށް ނަހުލާގެ އަމިއްލަ އަސަރު ގަދަ ސްކްރިޕްޓަކަށް ހަދާފައިވާ ރާއްޖޭގެ ފުރަތަމަ ރަސްމީ ވެބް ސީރީޒެވެ.

 

“ހުވާ” ގެ ފުރަތަމަ އެޕިސޯޑުން ފެނިގެންދިޔައީ އާރިފާ އާއި ރޯނު ހަސަންމަކުގެ އާއިލާ މެންބަރުން ވެގެން ޢާރިފާގެ އުފަންދުވަސް ފާހަގަކުރުމުގެ ތެރެއިން އެ އާއިލާ މެންބަރުންގެ ތަޢާރަފުވުމެކެވެ. ސީރީޒްގައި ފައިސަލް، ޔޫއްޕެ، ރަވީ އަދި ދޮންއައްޔަ އަކީ އާރިފާމެންގެ ހަތަރު ދަރިންނެވެ. ޝީލާ އަކީ ޔޫއްޕެެ އަނބިމީހާ އެވެ. ޖިމީ އަކީ ހަސަނިކު މެން ދަރިއެއްފަދައިން ގެންގުޅޭ ހަސަނިކުގެ ދައްްތަގެ ދަރިއެކެވެ.

 

މައިގަނޑު ކާސްޓުންނަކީ ރަވީ ފާރޫގް، މަރިޔަމް އައްޒަ، ޝީލާ ނަޖީބް، އިބްރާހީމް (ޖިމީ) ޖިހާދު، އައިމިނަތު ރިޝްފާ، އަލީ (ދޮންއައްޔަ) އާޒިމް، ޖާދުﷲ (ޖާދު) އިސްމާއީލް އަދި އާރިފާ އިބްރާހީމް އެވެ.

 

“ހުވާ” ޑައިރެކްޓް ކުރި ޔޫސުފް (ޔޫއްޕެ) ޝަފީއު އާއި މުހައްމަދު ފައިސަލް ވެސް މީގެ މުހިއްމު ރޯލްތަކުން ފެނިގެން ދާނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top