ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާއްޖޭގެ ފުރަތަމަ ވެބްސީރީޒް “ހުވާ” ބެލުންތެރިންނަށް ކަމުގޮސްފި

ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް، “ހުވާ”ގެ ފުރަތަމަ އެޕިސޯޑް ދައްކާފައިވާއިރު އެ ސީރީޒް އަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ފުރަތަމަ އެޕިސޯޑު ބެލުމަށް އެތައް ހާސް މީހުން އެެއްފަހަރާ މަސައްކަތް ކުރިކަމަށް ހުވާގެ ޑައިރެކްޓަރު ފާތިމަތު ނަހުލާ، ނަހޫ ބުންޏެވެ. 

“ހުވާ” ގެ ތިން އެޕިސޯޑް ދައްކާފައިވާއިރު ނަހޫ ބުނީ އެތައް ބަޔަކު ބައިސްކޯފު އެޕްލިކޭޝަންއަށް ވަނުމުން ސާވާއަށް ނުކަތާ ވަރުވި ކަމަށެވެ. އަދި މި ވެބް ސީރިޒްގެ އެޕިސޯޑްތައް ފަހުން ބަލާލެވޭނެކަން އެނގި ތިބެ ވެސް ގިނަ ބަޔަކު ސީދާ އެ ގަޑީގައި ބަލާލަން ބޭނުންވުން މިއީ ދިވެހި ޑްރާމާތައް ބެލުމަށް އަދިވެސް ބޮޑު ތަރުހީބެއް އޮތްކަން އަންގައިދޭ ކަމުގެ ހެއްކެއް ކަމަށްވެސް ނަހޫ ބުންޏެވެ. 

 

ބައިސްކޯފުންވެސް ހުވާގެ ފުރަތަމަ އެޕިސޯޑަށް ލިބުނު ތަރުހީބާ ދޭތެރޭ ހިތްހަމަޖެހެ އެވެ. ނަހޫ ބުނީ ވެބް ސީރިޒްއަކީ ދިވެހިންނަށް އާ އެއްޗަކަށް ވީ އިރުވެސް ގިނަ ބަޔަކު ބައިސްކޯފު އެޕް އަޅައިގެން ހުވާ ބަލާލަން ބޭނުން ވީތީ އުފާ ކުރާ ކަމަށެވެ.

 

ރާއްޖޭގެ ފުރަތަމަ ދިވެހި ވެބް ސީރީޒް “ހުވާ”ގެ ޓްރެއިލާ ލޯންޗުކުރީ ބައިސްކޯފު އެޕްލިކޭޝަން ލޯންޗުކުރި ރަސްމިއްޔާތުގަ އެވެ. ނަހޫ އަދި ފައިސަލް ޑައިރެކްޓުކުރާ ހުވާގެ މުޅިން އާ އެޕިސޯޑެއް ކޮންމެ ބުރާސްފަތި ދުވަހަކު އަދި ހޯމަ ދުވަހެއްގެ ރޭގަނޑު ނުވައެއް ޖަހާއިރު ބައިސްކޯފު އެޕްއަށް އަޕްލޯޑް ކުރާނެ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top