މަޝްހޫރު ޅެންވެރިޔާ ހޯރަފުށީ އާދަމް ސަލީމް ހައްދަވާފައިވާ މޮޅު ޅެންތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ޅެމަކީ “ފެހިފެހި އާޒާދީ” އެވެ.
މި ރީތި އަމިއްލަ ޅެން، ލަވައެއްގެ ސިފައިގައި އިވެމުންދަނީ ހޯރަފުށީ ފަރީދާގެ ހިތްގައިމު އަޑުންނެވެ. އަހައިލަން ފަސޭހަ އަދި އެހާމެ ރީތި ރާގެއްގަ އެވެ. ނަމަވެސް މިއީ ކޮޕީ ރާގެކޭ ބުނެފިއްޔާ ގަބޫލުކުރަން ދަތިވާނެހައި ދިވެހިންގެ ކަންފަތްތަކުގައި ހަރުލާފައިވާ ރާގެކެވެ.
އާނއެކެވެ. “ފެހިފެހި އާޒާދީ” އަކީ ކޮޕީ ރާގެކެވެ. ސިންގަޅަ ލަވައެއްގެ ރާގެކެވެ. “ކަނދަ ސުރިންދިނީ” ގެ ނަމުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްލަރެންސް ވިޖެވަރުދަނާ އޭނާގެ އަންހެން ތިން ކޮއްކޮއަކާއި އެކުގައި ބައިލާ ސްޓައިލަށް ކިޔާފައިވާ ލަވައެކެވެ.
ކިޔުންތެރިންގެ ޚިޔާލު
