ވިލާ ކުންފުނީގެ ދަށުން ހިންގަމުން ގެންދާ ވިލާ އެއަރގެ ފްލައިމީގެ ދަތުރުތައް ނ.އަތޮޅު މާފަރު އެއަރޕޯޓަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ފްލައިމީގެ މެނޭޖިން ޑިރެކްޓަރ، ޢަބްދުﷲ ނާޝިދު ވިދާޅުވީ ނ. އަތޮޅަށް ދަތުރުތައް ފަށާއިރު، ނ. އަތޮޅުގެ ރައްޔިތުންނާއި އެއަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސާނެކަމަށެވެ.
ފްލައިމީގެ ދަތުރުތައް ނ. އަތޮޅަށް ފަށާނެ ތާރީޚެއް އިޢުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް އަވަހަށް އޭގެ ތަފްސީލް ހިއްސާކުރާނެކަމަށް ފްލައިމީ އިން ބުނެއެވެ.
ވިލާ އެއަރއިން މިހާރުވެސް އދ. އަތޮޅު މާމިގިލި އެއަރޕޯޓާއި، ބ. އަތޮޅު ދަރަވަންދޫ އެއަރޕޯޓާއި، އައްޑޫ ސިޓީ ގަން އެއަރޕޯޓް އަދި ފުވަމުލައް ސިޓީ އެއަރޕޯޓަށް ދަތުރުތައް ކުރަމުންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




