ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ދިވެހި ޕައިލެޓެއް ކުއްލި ގޮތަކަށް ނިޔާވެއްޖެ

ވިލާ އެއާގެ ފްލައިމީގައި މަސައްކަތްކުރަމުން އައި ދިވެހި ޒުވާން ޕައިލެޓަކު ރޭ ކުއްލި ގޮތަކަށް ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 35 އަހަރުގެ ސަނޫން ނަސީރު، ސ. ހިތަދޫ، ކޯޒްވޭވިލާ އެވެ.

ސަނޫން މަރުވެގެން ވެއްޓިފައި އޮއްވާ ފެނުނީ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ހުޅުމާލޭގައި ދިރިއުޅޭ ގެ ކައިރިންނެވެ.

ފުލުހުން ބުނީ، ހުޅުމާލޭގެ ފްލެޓެއްގެ ކައިރި އަށް މީހަކު ހޭނެތިގެން ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 3:30 ހާއިރު ލިބުނު ކަމަށެވެ. އެމީހާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

ސަނޫން އަކީ މަސައްކަތަށް ކަމޭހިތައި، ބުރަކޮށް މަސައްކަތްކުރަމުން އައި އަޚްލާޤީ ގޮތުން ރަނގަޅު ޕައިލެޓެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top