ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މާމުއި” ގެ ރަސްމީ ޕޯސްޓަރު ދައްކާލައިފި

މާމުއިގެ ފޮނިރަހަ ހައި ފުރިހަމައަށް “މާމުއި” ގެ ރަސްމީ ޕޯސްޓަރު ދައްކާލައިފި އެވެ. މާމުއި ހަތައެއްގެ މަންޒަރެއް ހިމަނައިގެން ހަދާފައިވާ މި ޕޯސްޓަރު ދައްކައިލީ ރޭ ލަވޭރާ ޕިއްޒޭރިޔާގައި ބޭއްވި ޚާއްޞަ އިވެންޓެއްގައެވެ. މި ޕޯސްޓަރުން “މާމުއި” ގެ މައިގަނޑު ހުރިހައި ތަރިންނެއް ފެނިގެންދެއެވެ.

 

ހެއްވާ މަޖާ ޖޯންރާ އަކަށް ޑާކްރެއިން އެންޓަޓެއިންމަންޓުން އުފައްދާ ފިލްމު “މާމުއި” ގެ ލީޑު ރޯލުތަކުން ފެންނަ ތަރިންނާނެކު ބޭއްވި ހަފްލާގައި ޑާކްރެއިންގެ ފަރާތުން ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސަރު، މޮހައްމަދު އަލީ (މޮގާ) ބުނީ، މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް އެންމެ އުފައްދާ އެންމެ އަގު ބޮޑު ފިލްމު ކަމަށްވެފައި، ބޮޑު ކާސްޓަކާއެކު ގެނެސްދޭ މި ފިލްމަށް ކުރެވޭ އުއްމީދު ވެސް ވަރަށް ބޮޑު ކަމަށެވެ.

 

ބޮޑު ކާސްޓަކާއެކު އުފައްދާ މި ފިލްމުގައި މި ތަރިންނަށް ދީފައިވަނީ މީގެ ކުރިން ދިވެހި ފިލްމުތަކުގައި ބޭނުން ނުކުރާ ޒާތެއްގެ ނަންތަކެކެވެ. ރޮމާނީ، ސަލްމާން، ތާންޔާ ފަދަ ނަންތަކުން އެކަނިވެސް މިއީ ޑާކްރެއިން އިން ނެރޭނެ އާދައިގެ ފިލްމެއް ނޫންކަން އެނގެ އެވެ. 

 

“މާމުއި” ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޖުލައި މަހުގައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top