މީހަކާ ނުއިނދެ ހުސްހަށިބަޔަށް ހުރުމަކީ ނުކުޅެދުންތެރިކަމެއް ކަމަށް، ދުނިޔޭގެ ސިއްހަތާބެހޭ ޖަމުއިއްޔާ (ޑަބަލިޔުއެޗްއޯ) އިން ކަށަވަރުކޮށްދީފިއެވެ. މިކަން އިޢުލާނުކުރީ ޑަބަލިޔުއެޗްއޯގެ އޮފިޝަލުން ތަކެކެވެ. ތަފާތު ގޮތްގޮތަށް ފާޑުކިޔުންތައް ލިބިގެންދާނެ މި ގޮވައިލުމުގައި ބުނީ ހުސްހަށިބައި ފިރިހެނުންނާއި އަންހެނުންވެސް އެމީހުންގެ އަމިއްލަ އާއިލާއަކާއި ދަރިފަސްކޮޅެއް ބޭނުންވާހިނދުވެސް ހަޔާތުގެ ބައިވެރިއެއް ނުހޯދި ތިބުމަކީ ނުކުޅެދުންތެރިކަމެއް ކަމަށެވެ. ޑަބަލިޔުއެޗްއޯގެ މި އާއްމު އެންގުމަކީ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި އެކަނިވެރި ހަޔާތެއް ވޭތިކުރަމުން ގެންދާ އެތަކެއް މިލިޔަން މީހުންނަށް ލިބިގެންދާނެ ބޮޑު ޝޮކެކެވެ.
ޑަބަލިޔުއެޗްއޯ އިން ނިންމި ނިންމުމާއިމެދު އެތަނުން ތިބީ ވަރަށް ސާބިތުކަމާއިއެކުގައެވެ. އެހެނީ ދުނިޔޭގައި ދިރިއުޅެމުން އަންނަ ކޮންމެ މީހަކަށްވެސް ދަރިމައިވުމުގެ ފުރުޞަތު ލިބެންޖެހޭނެ ކަމަށް އެމީހުން ދެކެއެވެ. އެހެންނަމަވެސް ބައެއް މީހުންނަކީ އެމީހުން ބޭނުންވާ ހަޔާތުގެ ބައިވެރިޔާ ލިބުމުގެ ނަސީބުން މަހުރޫމުވެފައިވާ މީހުންނެވެ. މިކަމާއި ގުޅިގެން ޑަބަލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ އައު ގައިޑްލައިން (މަގުރޮނގު) ގައި ވަރަށް ބޮޑަށް ބާރުއަޅާފައިވާ އެއްކަމަކީ ހަޔާތުގެ ބައިވެރިއެއް ހޯދުމަށް ކުޅަދާނަކަން ނުލިބުމަކީ ދަރިންނުލިބުމާއި (އިންފާރޓިލިޓީ) އާއި އެއްފަދަ ކަމެއް ކަމަށެވެ.
ޑަބަލިޔުއެޗްއޯގެ މި އާއްމު އެންގުމާއިމެދު ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ފާޑުކިޔާމީހުން ބުނަނީ ޑަބަލިޔުއެޗްއޯ އިން ކަންބޮޑުވާންވީ ސިއްހީ ކަންތައްތަކާއިމެދުގައި ކަމަށާއި މީހުން ޒާތީގޮތުން ނިންމާ ނިންމުންތަކާއިމެދުގައި ނޫންކަމަށެވެ. އާނއެކެވެ. ތެދެކެވެ. ބައެއް މީހުން ހުސްހަށިބަޔަށް ތިބެނީ އެމީހުން އެގޮތް ބޭނުންވެގެން އަމިއްލައަށް އެގޮތް ނިންމައިގެންނެވެ. ނުވަތަ ބައިވެރިއެއް ހޯދުމަށް ނުކުޅެދިގެންނެވެ.
ނަސީބަކުން، ޑަބަލިޔުއެޗްއޯގެ މި ނިންމުން ދުނިޔޭގެ ޤައުމުތަކުން މިހާތަނަށް ބަލައިގެންފައެއް ނުވެއެވެ.
މަސްދަރު: lucisphilippines.press
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި
dhen thivaru vanyya WHO vee ehnnu hushashibai meehunah innaane meehun hoadha dheyn