ދިވެހި ތާރީޚާއި ބަހާއި އަދަބިއްޔާތަށް ގިނަގުނަ ޚިދުމަތްކުރެއްވި ދިވެހިބަހުގެ އެކެޑަމީގެ ޑެޕިޔުޓީ ޑައިރެކްޓަރު އަލްފާޟިލް މުޙައްމަދު ވަހީދު ނަދުވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި އަވަހާރަވެއްޖެއެވެ.
މަޝްހޫރު ތާރީޚު އިލްމުވެރިޔާ މުހައްމަދު ވަހީދު ނަދުވީ އަވަހާރަވީ މިިއަދު ހެނދުނުއައިޖީއެމް ހޮސްޕިޓަލްގައެވެ.
އުސްތާޒު ނަދުވީ އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެއްވަމުން ގެންދަވަނިކޮށެވެ. އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ނަދުވީ، ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ.
ނަދުވީ އަވަހާރަވީއިރު ހުންނެވީ ދިވެހިބަހުގެ އެކަޑަމީގެ ތާރީޚާ ބެހޭ ބައިގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ. އެމަގާމުގައި ހުންނަވައިގެން ރާއްޖޭގެ ތާރީޚު ދިރާސާކުރެއްވުމުގެ މަސައްކަތް ނަދުވީ ވަނީ ކުރައްވާފައެވެ.
މީގެ އިތުރުން ދިވެހިރާއްޖެ އިސްލާމްވި ގޮތުގެ މައްޗަށް ނަދުވީ ލުއިފޮތެއް ލިޔުއްވާފައިވެއެވެ. ނަދުވީ ވަނީ ދިވެހި ބަހުގެ ޑިގްރީ ޕްރަގްރާމްގެ ފުރަތަމަ ބެޗްގައި ދިވެހިބަހާއިބެހޭ ބައިގެ މޮޑިއުލްތައް އަމިއްލައަށް ތައްޔާރުކޮށްދެއްވާ އަދި އެބެޗްގެ ދަރިވަރުންނަށް ކިޔަވައިދެއްވާފައެވެ.
ނަދުވީ އަވަހާރަވުމާއި ގުޅިގެން ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ނަދުވީގެ ވަކިވެވަޑައިގަތުމަކީ ތާރީޚުގެ ދާއިރާއަށް އަދި އަދަބީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު އުނިކަމެއްކަމަށެވެ. ނަދުވީ ފާހަގަކުރެވިފައިވަނީ ތާރީޚު ދިރާސާކުރުމުގެ މަސައްކަތުގައި ވަރަށް ބޮޑަށް ފަރުވާތެރިކަމާއެކު އެމަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައިކަމަށް އަޝްރަފް ވިދާޅުވިއެވެ.
މިއީ ތާރީޚާއި ބަހާއި އަދަބުގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭ ވަރުގެ ފުން ހިިތާމައެކެވެ.

ދިވެހިބަހުގެ އެކެޑަމީގެ ޑެޕިޔުޓީ ޑައިރެކްޓަރު އަލްފާޟިލް މުޙައްމަދު ވަހީދު ނަދުވީ ހުކުރު މިސްކިތު ޤަބުރުސްތާނުގެ މަހާނަ ގައުތައް ބައްލަވައިލައްވަނީ – ފޮޓޯ: އަޝްރަފް ޢަލީ ގެ ފޭސްބްކް ތެރެއިން
މުޙައްމަދު ވަހީދު ނަދުވީ އަކީ ދިވެހި ތާރީޚާއި ދިވެހިބަހުގެ ގިނަގުނަ ލިޔުއްވުންތައް ލިޔުއްވާފައިވާ ބޭފުޅެކެވެ.

މުޙައްމަދު ވަހީދު ނަދުވީ ލިޔުއްވާފައިވާ މަޒުމޫނެއްގެ ތަންކޮޅެއް
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!