ބޮލީވުޑްގެ ތަޖުރިބާކާރު އެކްޓަރު އަދި ސްކްރީން ލިޔުންތެރިޔާ ކާދަރު ޚާން ނިޔާވެއްޖެ އެވެ.
އުމުރުން 81 އަހަރުގެ ކާދަރު ޚާން ނިޔާވިކަން އާއިލާއިން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ކާދަރޭގެ ދަރިފުޅު ސަރަފްރާޒް ހާން ޕްރެސް ޓްރަސްޓް އޮފް އިންޑިއާ އަށް ބުނީ އޭނާގެ ބައްޕަ ނިޔާވީ ކެނެޑާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާތާ ގާތްގަނޑަކަށް 17 ވަރަކަށް ހަފުތާ ފަހުންނެވެ. ކާދަރޭ އެޑްމިޓް ކުރީ ނޭވާލާން އުނދަގޫވާން ފެށުމުންނެވެ.
ކާދަރު ޚާން އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ 2016 ގައި ރިލީޒް ކުރި “އަމަން ކޭ ފަރިޝްތޭ” އިންނެވެ.
ކިޔުންތެރިންގެ ޚިޔާލު
