ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވައިބަރ ސްޓިކަރ ޕެކްތައް، ހިލޭ ޑައުންލޯޑްކުރެވޭ ޕެކޭޖެއް އުރީދޫއިން ތަޢާރަފްކޮށްފި

ވައިބަރު ގައި އޮންލައިންކޮށް ގަންނަން ހުންނަ ސްޓިކަރ ޕެކްތަކެއް، ހިލޭ ޑައުންލޯޑްކުރެވޭ ޕެކޭޖެއް އުރީދޫއިން ތަޢާރަފްކޮށްފި އެވެ.

 

މި ޚިދުމަތް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ބޮރޯޑްބޭންޑް ކޮންޓެންޓް އެންޑް ޑިވައިސަސް އަޙްމަދު ނޫމާން ވިދާޅުވީ، އުރީދޫގެ ކަސްޓަމަރުންނަށް ތަޢާރަފްކުރި 19 ރުފިޔާގެ ޕެކޭޖް އެކްޓިވޭޓްކުރުމުން 1 މަސްދުވަސް ވަންދެން ވައިބަރ މާކެޓްގައި ހުންނަ ހުރިހާ ސްޓިކާއެއް ހިލޭ ޑައުންލޯޑް ކުރެވޭނެކަމަށެވެ.

 

އުރީދޫ މޯލްޑިވްސްއާއި ވައިބަރ ގުޅިގެން ތަޢާރަފްކުރި މި ޚިދުމަތް ހޯދުމަށް “ސްޓިކާ” ޖެއްސެވުމަށްފަހު 4114 އަށް އެސް.އެމް.އެސް ކުރުމުން ބޭނުން ވަރަކަށް ސްޓިކާ ޑައުންލޯޑް ކުރެވޭނެކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.

 

އުރީދޫ މޯލްޑިވްސްއާއި ވައިބަރއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މީގެ ކުރިން ވަނީ ވައިބަރގެ ފުރަތަމަ ދިވެހި ސްޓިކާ ޕެކްވެސް ތައާރަފު ކޮށްފައި ވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top