މަޝްހޫރު ފިލްމީ ބަޠަލާ ނިޢުމާ މުޙައްމަދު، ރާއްޖޭގެ ފިލްމީ ސިނާޢަތުގެ ތަޚްތުގައި ދެ ދަހަރަށް ވުރެން ގިނަދުވަހު ރެނދަލިކުރުމަށްފަހު ފިލްމީ ދާއިރާއަށް އަލްވަދާޢު ކިޔީ ‘ނިވައިރޯޅި’އެއްގެ ތެރެއިންނެވެ.
ފިލްމީ ދާއިރާގެ ކެމެރާ ކުރިމަތިން ނިޢުމާ ވަކިވެގެން ދިއުން އެކި ފަރާތްތަކުން ސިފަކުރަމުން ގެންދަނީ އެކި ގޮތްގޮތަށެވެ. ތަފާތު ޢިބާރާތްތަކަކުންނެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޅެންވެރިޔާ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ) ނުވަތަ ތޭރަ ސަރގެ ފަރާތުން ވެދުން ސަލާމަށްފަހު ‘ސިސް ނިޢުމާ’ އަށް ޚާއްޞަކޮށް ތޭރަ ގެ ފޭސްބްކް ފާރުގައި ކޮށްފައިވާ އަދާހަމަ އަކީ ވަރަށް ތަފާތު، އެހާމެ މޮޅަށް އަތުރާލެވިފައިވާ ބަސްތަކެކެވެ.

ބޭނުމޭ ޖަވާބެއް ދޭން …… މި ޢިބާރާތްކޮޅުން ނިންމާލާފައި ވާ ލިޔުމުގައި ނިޢުމާ ކުޅެފައިވާ ހުރިހައި ފިލްމުތަކުގެ ނަންތަކާއި ނިޢުމާ ކުޅެފައިވާ ބައެއް މަޝްހޫރު ލަވަތައް ހިމަނާލާފައި ވާކަން ފާހަގަ ކޮށްލެވެއެވެ.
