ނިއުމާ މުހައްމަދު ސްކްރީނަށް އަލްވަދާއު ކިޔާ ފިލްމު “ނިވައިރޯޅި” ނ. މަނަދޫގައި ޕްރިމިއާކުރާނީ މިމަހު 17 ގައި ކަމަށް “ނިވައިރޯޅި”ގެ ޓީމުން ބުނެފިއެވެ.
ފިލްމު އަޅުވާ ތާރީހު ފަސްކޮށްލީ ބޮޑު ޕްރިމިއާއެއް ބޭއްވުމަށް ކަމަށާއި އިތުރު ކާސްޓުން ވެސް މަނަދުއަށް ގެންގޮސްގެން ޕްރިމިއާ ޝޯވް ބޮޑުކޮށްލަން ވިސްނާފައި ވާކަމަށްވެސް ޓީމުން ބުނެއެވެ.
“އަަޅުގަނޑުމެން ތަންކޮޅެއް ބޮޑުކޮށް ބާއްވަން ވެގެން ހަމަ ލަސްކޮށްލީ.” ފިލްމުގެ ޕްރޮޑިއުސަރ އަދި ލީޑް އެކްޓެސް މުނިއަވަސް އަށް ބުނީ ސްޓާރުން ގެ އެވޭލެބިލިޓީ އަށް ބަލަން ލަސްކޮށްލީ ކަމަށެވެ.
މަނަދޫ ވިލަރެެސް ކުލަބު (އެމްވީސީ)ގައި ފިލްމު އަޅުވާއިރު ފިލްމުގެ ޓިކެޓް ‘ކޮމްބަސް’ ފިހާރައިން ލިބެން ހުންނާނެކަމަށް ވިލަރެސް ކްލަބުން މަޢުލޫމާތު ދެއެވެ.
ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ހަސަންގެ ފިލްމު ކުންފުނި ނިއުޒޯ އިން ޕްރޮޑިއުސްކޮށް އުފައްދާފައިވާ “ނިވައިރޯޅި” ޕްރޮޑިއުސްކޮށް މޫމިން ފުއާދު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މަންޒަރުތައް ނެގީ މާލޭގެ އިތުރުން ރ. އުނގޫފާރު އަދި އެ އަތޮޅު އިނގުރައިދޫ ގައެވެ.
“ނިވައިރޯޅި” ގެ ލީޑް ކާސްޓުންނަކީ ނިއުމާއާ އި ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. އިތުރު ތަރިންގެ ތެރޭގައި ޒީނަތު އައްބާސް، އިސްމާއީލް ޒާހިރު، މަރިޔަމް ޝަކީލާ އަދި އައިނިމަތު ރަޝީދާ (އައިންތު)، އައިމިނަތު ރިޝްފާ، އަހުމަދު ސައީދު، ނާޝިދާ މުހައްމަދު (ނާއްކޮ)، އަހުމަދު އަޒްމީލް (އަޒޭ)، މަރިޔަމް ހަލީމް، އަހުމަދު ޒިޔާ، އަޖްނާޒް އަލީ، އަހުމަދު އާސިމް އަދި އައިމިނަތު އިޝާލް ރަޝީދު ހިމެނެ އެވެ.
