އަލްޒީނާގެ މަަރުގެ ހާދިސާއިން “އިންސްޕަޔާވެގެން” އެކްޓަރ މުއާގެ ފިލްމް “ލީނާ” އަޅުވަނީ އޭޕްރީލް މަހުގެ 20ގައި ކަމަށް ބުނެފިއެވެ.
ފިލްމްގެ ޑައިރެކްޓަރު އަދި އެކްޓަރު އަބްދުﷲ މުއާޒު ބުނީ އޭޕްރީލް މަހުގެ 20ގައި މި ފިލްމު އޮލިމްޕަހުގައި އަޅުވާނެކަމަށެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނާ ތެރޭ މީގެ އަހަރުތަކެއް ކުރިން މަރާލާފައިވާ، އަޒްލީނާ ނަފީސްގެ މަަރުގެ ހާދިސާ އަސްލަކަށް ބަލައިގެން އުފައްދާ “ލީނާ” ފިލްމުގެ އޮފިޝަލް ޕޯސްޓަރާއި، ޓީޒާ ޓްރެއިލާއެއް ފެބްރުއަރީ މަހު، އެކެއްގައި ނެރޭނެ ކަމަށެވެ.
ފިލްމު ލީނާގެ ލީޑް ރޯލުން ފެންނާނީ ބަތަލާ މަރިޔަމް އައްޒަ އެވެ. ލީނާގެ ގާތިލް ޒުހޫރުގެ ރޯލުން ފެންނާނީ މުއާއެވެ. އަޒްލީނާގެ ލޯބިވެރިޔާގެ ރޯލުން ފެންނާނީ އަލީ އާޒިމް (ދޮން އައްޔަ) އެވެ.
މުއާގެ ޕްރޮޑަކްޝަންއަކަށް ހަދާ މި ފިލްމުގައި، އެސިސްޓަންޓް ޑައިރެކްޓަރަކީ ނިމާލެވެ.
