ދީނީ ސުވާލެއް އޮތީތަ؟
އިޖްތިމާޢީ
ނާސްތާ ޕްރޮގްރާމާ މެދު ބެލެނިވެރިންނާއި ދަރިވަރުން ގެ މޫނުމަތިން ހިނިތުންވުން

ދިރާސީ އައު އަހަރު ފެށިގެން ދިޔައީ ތަފާތު ކަމެއް ތަޢުލީމީ ނިޒާމުގެ ތެރެއަށް އުފަން ކުރުވަމުންނެވެ.  ބޭނުންތެރި ކަމެކެވެ. ސިއްހީ މާހިރުން އެކަމަކަށްޓަކައި ބާރު އަޅުއްވަމުން ގެންދަވާ ކަމެކެވެ. ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ސްކޫލުތަކުން ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަން އިޢުލާނު ކުރުމުން އެކަން ފާހަގަކޮށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމުއިއްޔާ އިންވަނީ މަރުހަބާ ކިޔާފައެވެ.

 

އަޖުމަބެލުމުގެ ގޮތުން 25 ސްކޫލެއްގައި އިއްޔެ ފެށިގެންދިޔަ ހެނދުނުގެ ނާސްތާ ޕްރޮގްރާމާއިމެދު ދަރިވަރުންނާއި ބެލެނިވެރިން ތިބީ ހިތްހަމަ ޖެހިފައެވެ. މޫނުމަތިން ހިނިތުންވުން ފެންނަމުން ދަނީ އަލަށް ތަޢާރަފުކުރެވުނު ޕްރޮގްރާމާއި މެދު ހިތްހަމަޖެހިފައި ތިބުމުންނެވެ. މިޕްރޮގްރާމާމެދު ހިތްހަމަޖެހޭކަމަށް ގިނަ ބެލެނިވެރިންނާއި ދަރިވަރުން ވަނީ ބުނެފައެވެ. 

 

ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ރާއްޖެއަށް މުޅިން ބީރައްޓެހި ކަމެކެވެ. އެހެން ނަމަވެސް މިކަމަކީ ދުނިޔޭގެ ކުރިއަރާފައިވާ އަދި ތަރައްޤީވެފައިވާ ޤައުމުތަކުގައި ކުރަމުން އަންނަ ކާމިޔާބު ކަމެކެވެ. ތަޢުލީމީ ގޮތުން އެންމެ ކުރިއަރާފައިވާ ފިންލޭންޑް އަދި ޖަޕާނު ފަދަ ޤައުމުތަކުގައި ހެނދުނުގެ ނާސްތާ ސްކޫލްތަކުން ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް 20ވަނަ ގަރުނުގެ ކުރީކޮޅުގައިވަނީ ފަށާފައެވެ. އެޤައުމުތަކުން ހޯދާފައިވާ ކާމިޔާބީތަކުގެ އެއް ސަބަބަކީ މިއީކަމަށް މާހިރުން ވިދާޅުވެއެވެ.

 

އަޖުމަ ބެލުމަށް ފަށާފައިވާ ޕްރޮގްރާމާއިމެދު ބައެއް ބެލެނިވެރިން ބުނީ މިއީ ރަނގަޅު ކަމެއްކަމަށާއި މީގެ ނަތީޖާ ރަނގަޅުވެގެންދާތަން ކުރިއަށް އޮތްތަނުގައި ފެނިގެންދާނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. ބައެއް ދަރިވަރުންނާއި ވާހަކަ ދައްކައިލުމުން އެނގުނީ ހެނދުނުގެ ނާސްތާ ނުކޮށް ސްކޫލަށްދާ ކުދިންގެ އަދަދު ފުދޭވަރަކަށް ގިނަ ކަމެވެ. އަދި މިފަދަ ޕްރޮގްރާމެއް ފެށުމުން ހިތްހަމަޖެހުމަކާއި އުފަލެއް ލިބިއްޖެ ކަމަށް ބައެއް ދަރިވަރުން މުނިއަވަސް އަށް ބުންޏެވެ.

 

ހެނދުނުގެ ނާސްތާ ޕްރޮގްރާމު ކުރިއަށް ގެންދެވުމަށް އެޑިއުކޭޝަން މިނިސްޓްރީން ޔުނިސެފާ ގުޅިގެން 10 މެނޫއެއް ތައްޔާރުކޮށްފައިވާއިރު މެނޫތަކުގައި ހުރި ތަކެއްޗާމެދު ބައެއް ބެލެނިވެރިން ހިތްހަމަ ޖެހޭކަމަށް ބުނިއިރު ކުދިންގެ ކެއުން ބައްޓަން ކުރާއިރު އެކުދިންގެ ޚިޔާލުވެސް ހޯދާލުން މުހިއްމުކަމެއްގެ ގޮތުގައި ދެކޭކަމަށް ބައެއް ބެލެނިވެރިންވަނީ ބުނެފައެވެ.

 

މިފަދަ ނާސްތާ ޕްރޮގްރާމެއް ކުރިއަށް އޮތް 10 ވަރަކަށް އަހަރު ރަނގަޅަށް ކުރިއަށްގެންދެވިއްޖެނަމަ ރާއްޖޭގައި ސިއްޙީގޮތުން ދުޅަހެޔޮ ޒުވާން ޖީލެއް ބިނާވެގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރައްވަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top