ތ. ތިމަރަފުށީ ތިމަރަފުށީ އެއަރޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތަކާއެކު އެ އެއަރޕޯޓަށް ފުރަތަމަ ފަހަރަށް ރޭގަނޑު މަތިންދާބޯޓު ޖައްސަން ފަށައިފިއެވެ.
ތިމަރަފުށި އެއަރޕޯޓަށް ރޭގަނޑު ފްލައިޓް ދަތުރުތައް ފެށުމުގެ ގޮތުން ފުރަތަމަ ޖައްސާފައިވަނީ މޯލްޑިވިއަންގެ މަތިންދާބޯޓެކެވެ. މިދަތުރުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އާއި ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފްގެ އިތުރުން ސިވިލް އޭވިއޭޝަން މިނިސްޓްރީގެ އިސް ވެރިންނާއި އައިލެންޑް އޭވިއޭޝަންގެ އިސްވެރިން ތިމަރަފުށްޓަށް ވަޑައިގަތެވެ.
ފުރަތަމަ ދަތުރުގެ ފަސިންޖަރުންނަށް މަރުހަބާ ކިޔާފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެޖްރިކަލްޗަރ ޒަހާ ވަހީދުއާއި، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްއާއި، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއެވެ.
އައިލޭންޑް އޭވިއޭޝަންގެ ކޮމިއުނިކޭޝަންސް މެނޭޖަރ މޫސާ ވަސީމް ޕީއެސްއެމް އަށް ވިދާޅުވީ، ތ އަތޮޅުގައި މިހާރު ގެސްޓް ހައުސްފަދަ ފަތުރުވެރިކަމާއި ގުޅުން ހުރި ވިޔަފާރިތައް ކުރި އަރަމުން އަންނަ ކަމަށާއި، ރާއްޖޭގައި ފަތުރުވެރިކަން ފުޅާ ކުރުމަށް އައިލޭންޑް އޭވިއޭޝަނުން ވަރަށް ބޮޑަށް އިސްކަން ދޭކަމަށެވެ.
ތ.ތިމަރަފުށީ އެއަރޕޯރޓް ރަސްމީކޮށް ހުޅުވާފައިވަނީ 2013 ވަނަ އަހަރެވެ. މި އެއަރޕޯރޓް ތަރައްޤީ ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއި ޙަވާލު ކޮށްގެންނެވެ. މިއީ ތ.އަތޮޅުގައި މިވަގުތު އޮޕަރޭޓް ކުރަމުން އަންނަ ހަމައެކަނި އެއަރޕޯރޓެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




