ދީނީ ސުވާލެއް އޮތީތަ؟
ވީޑިއޯ
“ގްރީން ޑްރެގަން ޓެއިލް ބަޓަފްލައި” – މިހައި ނަލަނަލަ ކޮކާލެއް ދުށީމުތަ؟

“ޑްރެގަން ޓެއިލް ބަޓަފްލައި” ނުވަތަ ނަމުން ދޭހަވާގޮތަށް ޑްރެގަން އެއްގެ ނިގުލަކާއި ވައްތަރުގެ ނިގުލެއް ހުންނަ ކޮކާލަކީ އޭޝިއާގެ ޤައުމުތަކުން ފެންނަ ވަރަށް ކުޑަކުޑަ ކޮކާލެކެވެ. މިހައި  ނަލަނަލަ ކޮކާލެއް މީގެ ކުރިން ދުވަހަކުވެސް ނުދެކެމެވެ. މި ކޮކާ ތަކުގެ ވީޑިއޯއެއް މިހާރު މިވަނީ އާއްމުވެފައެވެ.

 

ސޫތްޕަށް ފޯރިއެއް ހުންނަ ކަޒުއޯ އުންނޯ ނަގާފައިވާ ވީޑިއޯއަކީ އޭނާ ތައިލެންޑްގެ އުތުރު ސަރަހައްދުތަކަށް ކުރި ދަތުރެއްގައި ނަގާފއިވާ ވީޑިއޯއެކެވެ. “ޑްރެގަން ޓެއިލް ބަޓަފްލައި” ނުވަތަ ސައިންޓިފިކް ނަމުންނަމަ ‘ލެމްޕްރޮޕްޓެރާ މެގެސް’ އަކީ ޕަޕިލިއޯނިޑްސް ގެ ނަމުން ނަންދީފައިވާ ސޫފި ގްރޫޕްގައި ހިމެނޭ އެންމެ ކުދިކުދި ސޫތްޕެވެ.

 

 

މި ސޮރުމެން ކެއުމަށް ތިރިކޮށްލާއިރު، އޭގެ ނިގުލެއްހެން އިންނަ ފިޔަގަނޑު ތަޅުވަމުން ގެންދާގޮތް ބަލައި ފޫހިނުވާހާ ހިތްގައިމެވެ. ދިގު ނިގޫ ބޭނުންކުރަނީ ހުންގާނެއްގެ ގޮތުގައެވެ.

މައިގަނޑު ކެއުމެއްގެ ގޮތުގައި ބޭނުންކުރަނީ ފެނެވެ. ފެން ބުއިމުން ފެނުގެ ތެރޭގައި ހުންނަ މައުދަނުން އެސޮރުމެންނަށް ކާނާގެ ބައިތައް ލިއްބައިދެއެވެ. ފެނުގައި ހުންނަ މަދުދަނުގެ ބައިތައް ބޭނުންކުރުމަށްފަހު، ފެންތައް ބޭރުކޮށްލަނީ ކުޑަކަމު ގޮސްގެންނެވެ. އެހެންކަމުން މިއީ ވަރަށް ގިނައިން ފެންބޯ އަދި އެހާމެ ގިނައިން ކުޑަކަމުދާ ސޫތްޕެކެވެ.

 

މ ސޮރުމެން ބިސްއަޅަނީ އެހައި ބޮޑަށް ވަޔާ ނުހެލުވޭ ގޮތަށް ހުންނަ ގަސްގަހުގެ ފަތް ފަތަށެވެ.

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top