ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެއަރ ޓްރެފިކް ކޮންޓްރޯލް ޓްރެއިނީން ހޯދަން އެމްއޭސީއެލް އިން އިޢުލާނުކޮށްފި

ރާއްޖޭގެ ހަތަރު އެއާޕޯޓެއްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުގައި މަސައްކަތް ކުރާނެ އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީނު ކުރުމަށް މީހުން ހޯދަން އެމްއޭސީއެލް އިން އިޢުލާނުކޮށްފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން ކޮށްފައިވާ އިޢުލާނެއްގައި ބުނީ ލ. ކައްދޫ، ގދ. ކާޑެއްދޫ، ގއ. ކޫއްޑޫ އަދި އދ. މާމިގިލި އެއާޕޯޓް ގެ އެއަާޕޯޓެއްގެ އެއަރ ޓްރެފިކް ކޮންޓްރޯލް އޮފިސަރ ޓްރެއިނީ އެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން  ފެބްރުއަރީ މަހުގެ 04 ވަނަ ދުވަހު ހަވީރު 16:00 ގެ ކުރިން ވަޒީފާއަށް ވަނުމަށް އެދޭ ފޯމާއި ބޭނުންވާނެ ލިޔެކިޔުންތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އަށް ހުށައެޅުމަށެވެ.

މި މަޤާމަށް ކުދިން ނެގުމުގައި ބަލާ ޝަރުތުތަކަކީ އިނގިރޭސި އަދި ހިސާބު ހިމެނޭގޮތުން އޯލެވެލް 03 މާއްދާއިން ސީ ފާހެއް އޮތުމެވެ.

މީގެ އިތުރުން އެކްރިޑިޓްކޮށްފައިވާ ޑިގްރީ އެއް ނުވަތަ ޑިޕްލޮމާއެއް ފުރިހަމަކޮށްފައިވާނަމަ އިތުރު ފައިދާއަކަށް ވާނެކަމަށް ވެސް ބުނެެއެވެ. ހަމަ އެހެންމެ ފަރިތަކަމާއެކު އިނގިރޭސި ކިޔައި ވާހަކަދެއްކުމާއި ކޮމްޕިއުޓަރުގެ އިލްމު ހުރުންވެސް ހިމެނެއެވެ.

ޝިފްޓް ޑިއުޓީގައި މަސައްކަތުގައި އުޅެވޭނެ ކުދިންނަށް ވާންޖެހޭނެ ކަމަށްވެސް އިޢުލާނުގައި ބުނެއެވެ.

އެމްއޭސީއެލް އިން ކޮށްފައިވާ އިޢުލާނު

އެއިރޯޑްރޯމް ކޮންޓްރޯލް ކުރުމުގައި އެއާޓްރެފިކް ކޮންޓްރޯލަރުންގެ މަސްއޫލިއްޔަތަކީ ކޮންޓްރޯލް ޓަވަރުގެ އެންމެ މަތީ ބައިގައި ތިބެގެން އެއާޕޯޓަށް ޖައްސާ އަދި އެއާޕޯޓުން ނައްޓާލާ އުޅަނދުތައް، އެކަތި އަނެއްކައްޗާއި ދެމެދު ހުންނަ ދުރުމިން ބަލައި އެކަށީގެންވާ ދުރުމިނެއްގައި ބޯޓުތައް މެއިންޓެއިން ކުރުމެވެ. އެގޮތުން ބޯޓުތައް ފުރުމުގެ އާއި ލޭންޑު ކުރުމަށް ބޯޓުތައް ތަރުތީބު ކުރުންވެސް އެއާޓްރެފިކް ކޮންޓްރޯލަރުގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top